ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މުދާ އެމެރިކާއަށް އެތެރެކުރާނަމަ 10 އިންސައްތައިގެ ޓެރިފެއް ނަގަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 10 އިންސައްތައިގެ ޓެރިފެއް ނެގުމަށް ވައިޓް ހައުސްއިން ނިންމައިފިއެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ މިއަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

އެމެރިކާގެ ވައިޓް ހައުސްއިން އިއްޔެ އިއުލާނުކުރި އާ ޓެރިފް ރޭޓުތަކުގެ ތެރޭގައި ރާއްޖެއިން އެތެރެކުރާ މުދަލަށް ކަނޑައަޅާފައިވާ ރޭޓަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ކުޑަ އަދަދެކެވެ.

ރާއްޖެއިން އެމެރިކާއަށް އެންމެ ގިނައިން އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މި އައު ޓެރިފް ރޭޓުގެ ސަބަބުން ރާއްޖެއިން އެމެރިކާއަށް ކުރާ އެކްސްޕޯޓަށް އަސަރުކުރާނެ ކަމަށް ލަފާކުރެވެއެވެ.

އެމެރިކާއިން މި ގެނައި ބަދަލާ ގުޅިގެން ”ދުނިޔޭގެ އިގުތިސާދު މަޑުޖެހިދާނެ“ ކަމަށް ބައެއް އިގުތިސާދީ މާހިރުން ވަނީ ބިރުފާޅުކޮށްފައެވެ. އެހެންނަމަވެސް މި ބަދަލުގެ ސަބަބުން އެމެރިކާގެ އިގުތިސާދަށް ކުރާނެ އަސަރުތަކާ މެދު އަދި ވަކި ގޮތެއް ކަނޑައެޅިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: