ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2007 ވަނަ އަހަރަކީ ޖެނެރޭޝަނަލް ބޭންއަށް އެންމެ އެދެވޭ އަހަރު: އަޒާން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް/ ފޮޓޯ: އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ގެންނަން ރާވާފައިވާ ޖެނެރޭޝަނަލް ބޭންއަށް 2007 ވަނަ އަހަރަކީ އެންމެ އެކަށީގެންވާ އަހަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގެ ޕްލެޓްފޯމުގައި ނެރުއްވި ޕޯލްއާ ގުޅޭގޮތުން އަޒާން ވިދާޅުވީ، ”2007 ވަނަ އަހަރަކީ ޖެނެރޭޝަނަލް ބޭން ތަންފީޒުކޮށް، އެ ގާނޫނަށް އަމަލުކުރަން ވަގުތުގެ ގޮތުންނާއި ހަގީގީ ގޮތުން ވެސް އެންމެ އެކަށީގެންވާ އަހަރު“ ކަމަށެވެ. އަދި މި ބޭނަކީ އާންމު ސިއްހަތާއި މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމެއް ކަމުގައި ވެސް އަޒާން ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ޒުވާން ޖީލު ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށް ސަރުކާރުން ރާވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ޖެނެރޭޝަނަލް ބޭންއެއް ވުޖޫދަށް ގެނައުމަށް އެންމެ އެކަށީގެންވާ އުމުރުފުރާއެއް ކަނޑައެޅުމަށް ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ޕޯލްއެއް ހުޅުވާލައްވާފައެވެ. މި ޕޯލްގައި 2007، 2004 އަދި 2000 ވަނަ އަހަރުތަކުގައި އުފަންވެފައިވާ ޖީލުތަކަށް ބޭން ކުރުމުގެ އޮޕްޝަންތައް ހިމެނެއެވެ.

އެހެންނަމަވެސް، މި ބޭނާ މެދު ދިވެހި ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ގިނަ އަދަދެއްގެ ރައްޔިތުންނާއި ސިއްހީ މާހިރުން މި ބޭނަށް ތާއީދުކުރަމުން ދާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: