ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިންވަނަ ކުއާޓާރއަށްވުރެ 2024ގެ ފަހު ކުއާޓާރގައި އުފެއްދުންތެރިކަން 6 އިންސައްތަ އިތުރު: ސްޓެޓިސްޓިކްސް ބިއުރޯ

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓާރއާ އަޅާބަލާއިރު ފަހު ކުއާޓާރގައި ރާއްޖޭގެ އުފެއްދުންތެރިކަން 6 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފިއެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރުގެ ފަހު ކުއާޓާރގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ވަނީ 26.29 މިލިއަން ރުފިޔާގައި ހިފެހެއްޓިފައެވެ. މިއީ 2023 ވަނަ އަހަރުގެ ފަހު ކުއާޓާރއާ އަޅާބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.

އިޤްތިޞާދީ މި ކުރިއެރުން ލިބުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިންނެވެ. އެގޮތުން މި ދާއިރާ ވަނީ 2.1 އިންސައްތައިން ފުޅާވެފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ވަނީ 1.4 އިންސައްތައިން ކުރިއަރާފައެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން ފާހަގަކުރާގޮތުގައި 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ފަހު ކުއާޓާރގައި އިޤްތިޞާދު ވަނީ ފުޅާވެފައެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ހިއްސާތަކަށް ބަލާއިރު، އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ 22.2 އިންސައްތައާއެކު ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ 13.2 އިންސައްތައާއެކު ޓްރާންސްޕޯޓާއި ކޮމިއުނިކޭޝަން ދާއިރާއިންނެވެ.

ތިންވަނައަށް އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ 9.3 އިންސައްތައާއެކު ހޯލްސޭލް އަދި ރީޓެއިލް ދާއިރާއިންނެވެ. އަދި އެންމެ ކުޑަ ހިއްސާއެއް އަދާކުރަނީ 0.9 އިންސައްތައާއެކު އެގްރިކަލްޗަރ ދާއިރާއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: