ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއެއްގެ ވެރިފަރާތަށް ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ގެއެއްގެ ވެރިފަރާތަށް ބަޔަކު މީހުން ބިރު ދައްކައި އިންޒާރު ދީފައިވާ މައްސަލައެއްގައި 4ހިމެނޭ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއެއްގެ ވެރިފަރާތަށް ބަޔަކު މީހުން ބިރު ދައްކައި އިންޒާރު ދީފައިވާ މައްސަލައެއްގައި ހައްޔަރުކުރި 4 މީހަކު ދޫކޮށްލައިފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބަޔަކު މީހުން ބިރު ދައްކައި އިންޒާރު ދީފައިވާ މައްސަލައެއް އެ ހިދުމަތަށް ހުށައަޅައިފައިވާ ކަމަށެވެ. އަދި ދަންވަރު 12:45 ހާއިރު 4 މީހަކު ވަދެ އެ ގެއަށް ގެއްލުން ދިފައިވާ މައްސަލަ އާއި ގުޅިގެން އެ ހަތަރު މީހުން ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ރީތިހިޔާ/އއ. މާޅޮސް، މުހައްމަދު އަފްލާހު، އީލަސް/ނ. ވެލިދޫ، އިބްރާހިމް އަހުނަފް، ހަވޭލި/ނ. މަނަދޫ، މުހައްމަދު އަޒާން އަދި ފަޒާ/ތ. ގުރައިދޫ އަލީ ނަވާފެވެ. މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް އެމީހުން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް 15 ދުވަސް ކޯޓުން ޖެހި އެވެ. ދެވަނަ ފަހަރު ޖެހި މުއްދަތު ހަމަވުމުން އަނެއްކާވެސް އެމީހުންގެ ބަންދު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރިއެވެ. އަދި އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފުލުހުން އެދުނެވެ.

އެހެން ނަމަވެސް މިފަހަރު ކޯޓުން ވަނީ އެމީހުން ދޫކޮށްލާފައެވެ. ކޯޓުން ކަނޑައެޅީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ނިންމަން އެކަށީގެންވާ ހެއްކާ ޤަރީނާ ނެތްކަމަށެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ވަނީ ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައެވެ. ނަމަވެސް ޕީޖީ އޮފީހުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން މި މައުލޫމާތުތައް އާއްމުކޮށްފައި ވާއިރު ގޭގެވެރިފަރާތް ކަމަށްބުނެ ސޯޝަލް މީޑިއާގައި އަންނަނީ ވީޑިއޯއެއް ދައުރު ވަމުންނެވެ. އެމީހާގެ ގައިގައި ގަދަކަމުން ސިނގިރޭޓު ޖައްސައި، އޭނާގެ ގައިގެ އެތައް މިތަނނަށް ހީރަސް ޖަހައިފައި ހުރިތަންވެސް ވީޑިއޯއިން ފެނެއެވެ. އަދި އޭނާ ހިފަހައްޓައި ގަދަކަމުން އެކި ވަރުގެ އަނިޔާތައްވެސް ކުރާ މަންޒަރު ފެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: