ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނާއި އެމެރިކާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންގޮސްފި!

އީރާނާއި އެމެރިކާގެ އިސްވެރިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި އެ ގައުމާއި އެމެރިކާއާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި އީރާނަށް ކަނޑައެޅިފައިވާ އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް އާއި އީރާނުގެ ފޮރިން މިނިސްޓަރ އައްބާސް އަރާޗީ ބައިވެރިވެ ވަޑައިގެންނެވިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ބައްދަލުވުމުގައި ތަފްސީލީ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި ނުވެއެވެ.

ވައިޓްހައުސްއިން ނެރުނު ބަޔާނުގައި މި ބައްދަލުވުމަކީ ރަނގަޅު އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. ”މިއީ ދެ ގައުމަށްވެސް ފައިދާކުރަނިވި ނަތީޖާއެއް ހާސިލުކުރުމަށް ލިބުނު ކުރިއެރުމެއް“ ކަމަށް ވިޓްކޮފް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕު ވިދާޅުވެފައިވަނީ މަޝްވަރާތައް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އަމަލީ ސިފައެއް ނުޖެހޭހާ ހިނދަކު ތަފްސީލު ހާމަކުރައްވަން ބޭނުންފުޅުނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފާއިތުވި ދުވަސްތަކުގައި ޓްރަމްޕު ވަނީ އެއްބަސްވުމަކާ ހަމައަށް ނުދެވިއްޖެނަމަ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ދެ ގައުމުންވެސް އާންމުކޮށްފައިވާ ބަޔާނުގައިވާ ގޮތުން، މި މަޝްވަރާތަކުގެ ދެވަނަ ބުރު އެޕްރީލް 19 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: