އާއިލާތަކަށް ހާއްސަކޮށްގެން ޕެންޝަން އޮފީހުން އިންތިޒާމްކުރި ތްރީ ޖެނެރޭޝަން ވޯކް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 12 އެޕްރީލް 2025 ވަނަ ދުވަހުއެވެ.
ޕެންޝަން އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ޙަރަކާތަކީ ކުޑަކުދިންނާއި މައިންބައިފައިން އަދި މާމަކާފައިން ހިމެނޭހެން އާއިލާތަކުގެ ތިން ޖީލުގެ މީހުން އެކުގައި ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރި ޙަރަކާތެކެވެ. އެގޮތުން މި ޙަރަކާތުގައި ހާއްސަ ހިނގާލުމަކާއި ސްޓޯލްތަކުގެ އިތުރުން މުނި ފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ.
މީގެ އިތުރުން، މި އިވެންޓަކީ ދޮށީއުމުރުގެ މީހުންނަށް އާއިލާތަކާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ޕެންޝަން އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން މާލީ ހޭލުންތެރިކަން އިތުރުކުރުުމަށް ކުރިޔަށް ގެންގޮސްފައިވާ ހަރަކާތެއްކަމަށްވެސް ޕެންޝަން އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

