ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ޒަމާނީ ވަސީލަތްތަކުގެ ޑިއުޓީއަށް ލުޔެއް ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ޗައިނާގެ މުދަލުގެ މައްޗަށް ކަނޑައެޅުއްވި ޑިއުޓީތަކަށް ބަދަލު ގެންނަވައި، ސްމާޓް ފޯނާއި ކޮމްޕިއުޓަރު ފަދަ ޒަމާނީ ވަސީލަތްތައް އިސްތިސްނާ ކުރައްވައިފިއެވެ. މި ބަދަލާއެކު، ކުރިން ކަނޑައެޅިފައިވާ 145 އިންސައްތައިގެ ޑިއުޓީން މި ބާވަތްތަކަށް ލުޔެއް ލިބިގެންދާނެއެވެ.

އިސްތިސްނާ ކުރެވިފައިވާ ތަކެތީގެ ތެރޭގައި ކަރަންޓުން ހިންގާ ގިނަ އަދަދެއްގެ ސާމާނާއި، ސެމީ ކޮންޑަކްޓަރުތަކާއި، ސޯލާ ސެލްތަކާއި، ފްލެޓް ޓީވީ ޕެނަލްތަކާއި، ފްލޭޝް ޑްރައިވް އަދި މެމޮރީ ކާޑު ހިމެނެއެވެ. މި ނިންމުމަކީ އެޕަލް ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް ލިބިގެންދިޔا ބޮޑު ލުޔެކެވެ.

”އަޅުގަނޑުމެން ބޭނުންވަނީ ކުންފުނިތަކުގެ އުފެއްދުންތެރިކަން އެމެރިކާއަށް ބަދަލުކުރުމަށް ފުރުސަތު ދިނުމެވެ،“ މިހެން ވައިޓް ހައުސްގެ ޑެޕިއުޓީ ޕްރެސް ސެކެޓްރީ ކުޝް ދޭސާއި ވިދާޅުވިއެވެ. އަދި ރައީސް ޓްރަމްޕް ވަނީ ސެމީ ކޮންޑަކްޓަރާއި ޗިޕު އަދި ސްމާޓްފޯނާއި ލެޕްޓޮޕްފަދަ ވަސީލަތްތައް އުފެއްދުމުގައި ޗައިނާއަށް ބަރޯސާވުން ނިމުމަކަށް ގެންނަން ބޭނުންފުޅުވާކަން ސާފުކޮށް ވިދާޅުވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާ އުސޫލުގެ ދަށުން، އިސްތިސްނާ ކުރެވިފައިވާ ބާވަތްތަކަށް ޗައިނާގެ މުދަލުން ނަގާ 125 އިންސައްތައިގެ ޑިއުޓީއާއި އެހެނިހެން ގައުމުތަކުން އިމްޕޯޓުކުރާ މުދަލުން ނަގާ 10 އިންސައްތައިގެ ޑިއުޓީ ނުނެގޭނެއެވެ. ނަމަވެސް ޗައިނާގެ އެންމެހާ މުދަލުގެ މައްޗަށް 20 އިންސައްތައިގެ އަސާސީ ޑިއުޓީއެއް ދެމެހެއްޓިގެންދާނެއެވެ.

މި ބަދަލާއެކު، ބޮޑެތި ކުންފުނިތަކުން މިހާރުދަނީ އުފެއްދުންތެރިކަމުގެ މަސައްކަތްތައް އެމެރިކާއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންކަން ވައިޓް ހައުސްއިން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: