ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޫދާނުގައި ހަތިޔާރު އެޅި ޖަމާއަތަކުން ރެފިއުޖީ ކޭމްޕަކަށް ހަމަލާދީފި

ޒަމްޒަމް ކޭމްޕު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސޫދާނުގެ ހަތިޔާރު އެޅި ޖަމާއަތަކުން ރެފިއުޖީ ކޭމްޕަކަށް ހަމަލާދީފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އާރްއެސްއެފް ނަމުގައި ސޫދާންގައި ހަރަކާތްތެރިވާ ޖަމާއަތުންވަނީ ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ކޭމްޕަކަށް 2 ދުވަސްވަންދެން ހަމަލާދީފައެވެ. މި ހަމަލާތަކުގެ ތެރޭގައި 100އަށް ވުރެ ގިނަ މީހުން މަރާލާފައިވާއިރު މީގެ ތެރޭގައި ކުޑަކުދިންނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކުރާ 9 މީހުންވެސް ހިމެނޭކަމަށް އދއިން އާންމުކޮށްފައިވެއެވެ.

ސޫދާނުގައި ހަރަކާތްތެރިވާ އދގެ އޮފިޝަލުން ބުނާގޮތުން އާރްއެސްއެފް އަދި ގުޅިފައިވާ މަސައްކަތްކުރާ އެހެނިހެން ބައެއް ޖަމާއަތްތަކުން ހަމަލާ ދީފައިވަނީ ޒަމްޒަމް އަދި އަބޫ ޝަރޫކްގެ ނަން ދީފައިވާ ކޭމްޕުތަކަށް ކަމަށެވެ. އދއިން ބުނާގޮތުން އެހީތެރިކަން ދިނުމަށްޓަކައި މަސައްކަތްކުރާ މީހުންތަކެއް މަރާލާފައިވަނީ ސޫދާނުގައި މިހާރުހުރި މަދު ހެލްތު ޕޯސްޓުތަކުން ޕޯސްޓެއްގައި މަސައްކަތްކުރަމުންދަނިކޮށްކަމަށެވެ.

ހަމަލާދިން ކޭމްޕުތަކުގައި ހަތް ލައްކައަށްވުރެ ގިނަ މީހުން ދިރިއުޅެމުންދިޔައިރު އެއީ ދާރްފޫރު ސަރަހައްދުގައި ހަމަލާ ބަދަލުކުރަމުންދިއުމާއި ގުޅިގެން ގެދޮރު ދޫކޮށްލަން ޖެހުނު މީހުންނެވެ. އދއިން ބުނެފައިވާގޮތުން މި ހަމަލާއަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށާއި މިއީ އެ ސަރަހައްދުގައި ހިންގަމުންދާ މިފަދަ ބޮޑެތި ޖަރީމާތަކުގެ މިސާލެއްކަމަށެވެ. 2 އަހަރު ކުރިން ފެށިގެންދިޔަ ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި އެކި ފުރުސަތުތަކުގައި އެއިޑް ވޯކަރުންނަށްވެސް ހަމަލާދީ މަރާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: