ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގައި އުޅަނދުފަަހަރު ދުއްވަން ކަނޑައަޅައިފައިވާ ލިމިޓަށް ވުރެ 30،059 އުޅަނދު އިތުރު!

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި އުޅަނދުފަހަރު ދުއްވަން ކަނޑައަޅައިފައިވާ ލިމިޓަށް ތުރެ 30,059 އުޅަނދު އިތުރުކަމަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ނެރުނު ރިޕޯޓުން ދައްކައިފި އެވެ.

އައިޔޫއެމްގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި މާލެ ސަރަހައްދުގައި އުޅަނދުފަހަރު ދުއްވުމަށް ކަނޑައަޅާފައިވާ އެންމެ މަތީ އަދަދަށްވުރެ 30,059 އުޅަނދު އިތުރެވެ. މާލެ ސިޓީ ކައުންސިލުގެ އެދުމުގެ މަތިން ކުރިޔަށް ގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި މިވަގުތު މާލެ ސަރަހައްދުގައި ޖުމްލަ 119,472 އުޅަނދުފަހަރު ދުއްވަމުންދެއެވެ. މިއީ މާލެ ސަރަހައްދުގައި އުޅަނދުފަހަރު ދުއްވުމަށް ކަނޑައެޅިފައިވާ އެންމެ މަތީ އަދަދު 89,413 އަށްވުރެ 25 އިންސައްތައިގެ އިތުރު އަދަދެކެވެ.

ދިރާސާގެ ހޯދުންތަކުން އިތުރަށް ހާމަވެފައި ވަނީ މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން ބޮޑު ބަޔަކީ ދެ ފުރޮޅުލީ އުޅަނދުފަހަރާއި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ކަމަށެވެ. މިގޮތުން މިހާރު ބޭނުންކުރަމުރަމުން ދަނީ 103,000 ސައިކަލާއި 7,505 ކާރެވެ. ޖުމްލަ އުޅަނދުފަހަރުގެ ތެރެއިން 92.7 އިންސައްތައަކީ ސައިކަލާއި ކާރު ކަމަށްވާއިރު، 7.3 އިންސައްތައަކީ ސިނާއީ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުފަހަރެވެ. އަދި މާލޭގައި ދުއްވާ އުޅަނދުފަހަރުގެ ތެރެއިން 86 އިންސައްތަ ރަޖިސްޓަރީކޮށްފައި ވަނީ އަމިއްލަ ފަރާތްތަކުގެ ނަމުގައެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި ދުއްވާ 71,000 އަށްވުރެ ގިނަ އުޅަނދުފަހަރު މަގުމަތީގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނުދުއްވޭކަމަށް ދިރާސާއިން ހާމަވެފައިވެއެވެ. މި ދިރާސާގެ ހޯދުންތަކުގެ އަލީގައި، އައިޔޫއެމްއިން ވަނީ ސައިކަލްގެ އަދަދު 76,518 އަށް އަދި ކާރުގެ އަދަދު 5,610 އަށް މަދުކުރުމަށް ލަފާދީފައެވެ. އަދި މާލެ ސަރަހައްދުގައި ތޮއްޖެހުމާއި ވައި ތަޣައްޔަރުވުން ކުޑަކުރުމަށްޓަކައި މަގުމަތީގެ ގަވާއިދުތަކަށް އަމަލުކުރުން ހަރުދަނާކުރުމަށާއި، އުޅަނދުފަހަރުގެ އަދަދު މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ހުށަހަޅާފައިވެއެވެ.

މީގެއިތުރުން، މާލެ ސަރަހައްދުގެ 71،000 އަށް ވުރެ ގިނަ އަދަދަކަށް އުޅަނދު މަގުމަތީގެ ގަވާއިދުގެ މިންގަނޑުތަކަށް ނުފެތޭކަމަށްވެސް ދިރާސާއިން ދައްކަ އެވެ. ދިރާސާގައި އިތުރަށް ފާހަގަކޮށްފަ އިވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 27,000 އަށްވުރެ ގިނަ ދުވާނުން ދިވެހިރާއްޖޭގައި ޑްރައިވިންގ ލައިސަންސް ހޯދާނެ ކަމަށް ލަފާކުރެވޭތީ، މިހާރުވެސް މަގުތަކުގައި ދިމާވަމުންދާ މައްސަލަތައް އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ. މި ކަންކަމަށް ރިޢާިޢާޔަތްކޮށް، އައިޔޫއެމްގެ ދިރާސާއިން ހުށަހަޅާފައި ވަނީ މާލެ ސަރަހައްދުގައި ދުއްވުމުމުގެ ހުއްދަ ދޫކުރެވޭ އުޅަނދުފަހަރުގެ އަދަދު 89,413 އަށް ލިމިޓު ކުރުމަށެވެ. އަދި އުޅަނދުފަހަރުގެ އަދަދު މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ، ޓްރެފިކް ޖެހުމާއި، ގަވާއިދާ ޚިލާފަށް ޕާކުކުރުމާއި، އަދި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް އިތުރުވެގެންދާނެކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މި ދިރާސާއިން އިތުރަށް ހާމަކޮށްފައިވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސިއްޙަތަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އުޅަނދުފަހަރުގެ އަދަދު މަދުކުރުމަކީ މިހާރު އިޚްތިޔާރެއް ނޫން ކަމަށެވެ. އަދި މާލެ ސިޓީގައި ދެމެހެއްޓެނިވި އަދި އެންމެންނަށް ދުޅަހެޔޮ ގޮތެއްގައި ދިރިއުޅެވޭނެ މާޙައުލެއް ޤާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

މި ދިރާސާއިން ހާމަވާ ގޮތުގައި، މާލެ ސަރަހައްދުގައި އުޅަނދުފަހަރުގެ އަދަދު އިންތިހާއަށް އިތުރުވެފައިވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މިކަމުގެ ސަބަބުން ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެވެއެވެ. އެހެންކަމުން، ކަމާބެހޭ އިދާރާތަކުން މި ދިރާސާގެ ހޯދުންތަކަށް ރިޢާޔަތްކޮށް، އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ މުޖުތަމަޢުގެ ލާބައާއި މަންފާއަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން އުޅަނދުފަހަރުގެ އަދަދު މަދުކުރުމާއި، މަގުމަތީގެ ގަވާއިދުތައް ހަރުދަނާކުރުމާއި، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުން ފަދަ ކަންކަމަށް އިސްކަންދިނުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

މި ދިރާސާގައި ބުނެފައި ވަނީ މާލެ ސަރަހައްދުގައި ތޮއްޖެހުމާއި އަދި ވައި ތަޣައްޔަރުވުމުގެ މިންވަރު ދަށްކުރުމަށްޓަކައި މަގުމަތީގެ ގަވާއިދުތަކަށް ފައިދާހުރި ގޮތެއްގައި ގާނޫނު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އުޅަނދުފަހަރުގެ އަދަދު މަދު ކުރުމަކީ މިވަގުތު އިހްތިޔާރެއް ނޫން ކަމަށާއި އެއީ އުޅަނދުފަހަރު ގިނަވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ގެއްލުންތަކުން ރައްކާތެރިކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ އެންމެ ބޮޑު އާބާދީ ދިރިއުޅެމުންދާ މާލެ ސިޓީގައި ދެމެހެއްޓެނިވި އަދި އެންމެންނަށް ދުޅަހެޔޮ ގޮތެއްގައި ދިރިއުޅެވޭނެ މާހައުލެއް ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އައިޔޫއެމްގެ ރިޕޯޓުގައި ހުށަހަޅައިފައިވާގޮތުން، މަގުތަކުގައި ދުއްވުމުގެ ހުއްދަ ދޫކުރާ އުޅަނދުތަކުގެ އަދަދު 89،413 އަށް ލިމިޓު ކުރުމަށް ވަނީ އިލްތިމާޒްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: