ފިލިޕީންސްގައި ފްލައިން ސްކޫލެއްގައި ޕައިލެޓު ތަމްރީނު ހަދަމުން ދަނިކޮށް، މަތިންދާ ބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާތައް ލިބުނު ދަރިވަރުގެ ހާލަތު ގާތުން ބަލަމުންދާކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ފްލައިން ސްކޫލުގައި ތަމްރީނު ހަދަމުން ދާ ހދ. ހަނިމާދޫ، އަބްދުލް މާނިއުއަށް އަނިޔާތައް ލިބިފައި ވަނީ، ބުރާސްފަތި ދުވަހު ހިނގި ހާދިސާއެއްގަ އެވެ. ކަން ހިނގައިދިޔަ ގޮތް އަދި މިހާތަނަށް ސާފުވެފައި ނުވާއިރު ބައެއް ދަރިވަރުންގެ ފަރާތުން އެނގުނު ގޮތުގައި އޭނާ ޒަހަމްވެފައި ވަނީ، އުދުހުން ފަރިތަކުރުމަށް ފަހު، ބޯ އަނބުރާތީ ފޭބި ވަގުތު ވެއްޓުމުންނެވެ.
މާނިއުއަށް އެވަގުތު އަނިޔާވީ، ރަނގަޅަށް އިންޖީނު ނުނިވޭތީ ބުރަފަތީގައި ޖެހިގެންކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. ެ. އަދި އާއިލާއިން ވަނީ އަނިޔާ ލިބުނު އަބްދުލް މާނިއު މެޑިކަލްއިން ވެސް މަތީ މާކްސްއިން ފާސްވިކަން ފާހަގަކޮށްފަ އެވެ.
މި ހާދިސާއާއި ގުޅޭގޮތުން ޚަލީލް ވިދާޅުވީ، މާނިއުގެ އާއިލާގެ މެމްބަރުންގެ ތެރެއިން އޭނާގެ މަންމައާއި ބޭބެ މިވަގުތު ތިބީ ފިލިޕީންސްގައިކަމަށެވެ. އަދި މާނިއުގެ ހާލު ރަނގަޅުވަމުންދާކަމަށް ވެސް ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓްރީއާއި، ހަޔަރ އެޑިއުކޭޝަން މިނިސޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ދަނީ މާނިއުގެ ހާލަތު ގާތުން މޮނީޓަރ ކުރަމުންނެވެ.

