މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ތުރުކީއަށް ފުރާވަޑައިގަންނަވައިފިއެވެ.
މިއީ ރާއްޖެއާއި ތުރުކީއާ ދެމެދު އިންވެސްޓްކުރުމުގެ އައު ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރެކެވެ.
މި ދަތުރާއި ގުޅިގެން މައުލޫމާތު ދެމުން މިނިސްޓްރީގެ ފަރާތުން ބުނީ މި ދަތުރުގެ ތެރެއިން ބައިނަލްއަގްވާމީ ވިޔަފާރިވެރިންނާއި، ތުރުކީގެ ވިޔަފާރިވެރިންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. ރާއްޖެއާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމާއި އަދި އައު އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމަކީ މި ދަތުރުގެ އަމާޒުކަމަށް މައުލޫމާތު ދީފައިވެއެވެ.
ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީވެސް ތުރުކީއަށެވެ. ތުރުކީ އާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން ދަނީ އިތުރަށް ގުޅުން ބަދަހި ކުރަމުންނެވެ.

