އެކްސްޕެޓް ސިސްޓަމްގައި ހުރި ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަދިވެސް އަދާހަމަކޮށްފައި ނުވާ ކަމަށާއި މި މަހު 30ގެ ކުރިން އެކަންކޮށް ނިންމުމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓްރީން ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނެފައިވަވނީ ވަޒީފާ ދޭ ފަރާތުން ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަދިވެސް އަދާހަމަކޮށްފައި ނުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން މި މަހު30ގެ ކުރިން އެ މައުލޫމާތު އަދާހަމަކޮށް ނިންމުމަށް ވަނީ އަންގާފައެވެ.
މި މުއްދަތުގައި އެކަށީގެންވާ ސަބަބެއް ނެތި ބައޯމެޓްރިކްސް އަޕްޑޭޓްކޮށްފައި ނުވާ ވަޒީފާ ދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލެވޭނެ ކަމުގައި މިނިސްޓްރީން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7690228 ގުޅައިގެން ނުވަތަ operation.kurangi@mohst.gov.mv އީމެއިލް ކުރުމަށް ވަނީ އެދިފައި
ހޯމް މިނިސްޓަރު މިދިޔަ ޖެނުއަރީ މަހު ބުނެފައި ވަނީ އޮޕަރޭޝަން ފެށި ފަހުން 9 މަސް ތެރޭގައި 25،000އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ. ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ހިމެނޭހެން ބައޯމެޓްރިކްސް މައުލޫމާތު ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ”ކުރަގި“ގެ ނަމުގައި ފެށީ މިދިޔަ އަހަރުއެވެ. މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މި މަހު20ގެ ކުރިން އެ ޑޭޓާ އަޕްޑޭޓް ނުކުރާ ބިދޭސީން އަންނަ މަހުން ފެށިގެން ޑީޕޯޓު ކުރަން ފަށާނެއެވެ.

