ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ފައިސަލް ހަމަޖައްސަނީ!

ހައިކޯޓުގެ އިސްފަނޑިޔާރަކަށް އައްޔަންކުރަން ނިންމި ފައިސަލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ އިސް ފަނޑިޔާރެއްގެ ގޮތުގއި މުހައްމަދު ފައިސަލް އައްޔަނު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފައިސަލް ހައިކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަނު ކުރުމަށް ޖޭއެސްސީން ނިންމީ އެ ކޮމިޝަނުން ރޭ ބޭއްވި ޖަލްސާގައެވެ.

އެ ކޯޓުގެ ފަނޑިޔާރަކަށް ފައިސަލް އެންމެ ފުރަތަމަ އައްޔަނު ކުރީ 2018 ވަނަ އަހަރު އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވެފައި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެއްވުުމުންނެވެ. އޭގެ ފަހުން ހައިކޯޓު ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ވެސް ފައިސަލްއެވެ.

ފައިސަލް ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވަމުން ދަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން ފައިސަލް ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީއަތާއި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައިފަ އެވެ.

މީގެއިތުރުން ފައިސަލް ވަނީ ޖޭއެސްސީގެ ނައިބު ރައީސްކަން ވެސް ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: