ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޑީއެފްއިން ކަނޑުމަތީގެ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ!

އެމްއެންޑީއެފް ކޯސްޓް ގާޑު... ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެމްއެންޑީއެފްއިން ކަނޑުމަތީގެ ތަމްރީނު ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަން ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޑިފެންސް މިނިސްށޓްރީން އާންމުކޮށްފައިވާގޮތުން އެމްއެންޑީއެފްއިން ކަނޑުމަތީގެ ތަމްރީނު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 6:00 އިން ފެށިގެން ހަވީރު 17:30ގެ ނިޔަލަށް މި ހަރަކާތްތައް ކުރިއަށްދާނެކަން ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީން ބުނެފައިވާގޮތުން ތަމްރީނުތައް ބާއްވާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތީގައެވެ.

މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަންތައް ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރު ދުރުމިނަށް ދަތުރުކުރާނެކަމަށާއި އުސްމިނަކީ 300 މީޓަރުކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: