ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުތު ހަމަނުވާ މީހަކަށް އައިޔޫއެމްގެ ވަޒީފާ ދީފައިވާތީ ދައުވާކޮށްދޭން އެދި ޕީޖީއަށް!

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރ ގެ މަގާމަށް މީހަކު އައްޔަނު ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހައްގު ނޫން ފަރާތަކަށް ވަޒީފާ ދީފައިވާ މައްސަލައެއްގައި ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މައްސަލައިގައި އާންމު ކުރި ބަޔާނެއްގައި އޭސީސީ ބުނީ، ދައުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ އައިޔޫއެމްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ޑިރެކްޓަރ ގެ މަގާމުގައި އޭރު ހުރި ތ. ތިލަފުށި/ ނަރުގިސް ވިލާ، ޑރ. އިބްރާހިމް ސަމީރުއާއި އައިޔޫއެމްގެ ވައިސް ޗާންސިލަރުގެ މަގާމުގައި އޭރު ހުރި ބ. އޭދަފުށި/ ގުލްބަކާގެ، އަލީ ރަޝީދުގެ މައްޗަށެވެ.

އޭސީސީން ބުނި ގޮތުގައި އައިޔޫއެމްގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރ ގެ މަގާމަށް މީހަކު ހޯދުމަށް 2017 ވަނަ އަހަރުގެ ނޮވެންބަރު 05 ގައި ކުރި އިޢުލާނަކާއި ގުޅިގެން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެ މަގާމަށް ހޮވާފައި ވަނީ އިއުލާނުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވާ މީހެއް ނޫނެވެ. އަދި އިއުލާނުގައި ބަޔާންކޮށްފައިވާ އެ މަގާމަށް ޝަރުތު ހަމަވާ ތައުލީމީ ސެޓްފިކެޓެއް އަދި ޝަރުރުތަކުގައި ބަޔާން ކުރާ ތަޖުރިބާގެ ލިޔުމެއްވެސް، އޭނާ ހުށަހަޅާފައި ނުވާކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކޮމިޝަނުން ބުނީ އިއުލާނާއި ގުޅިގެން ތައްޔާރު ކޮށްފައިވާ R2 ޝީޓްގައި ޕޮއިންޓް ދީފައި ވަނީ އައިޔޫއެމްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނު ކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާއި ވެސް ހިލާފަށް ކަމަށެވެ. އަދި އިންޓަވިއުގައި އެ ފަރާތަށް ގިނައިން ޕޮއިންޓު ދީ، އޭނާއަށް ލިބޭ ޖުމުލަ ޕޮއިންޓް މަތިކޮށްފައި ވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމަށްކަން ތަހުގީގަށް އެނގިފައިވާކަމަށް ވަނީ ބުނެފައެވެ.

އޭސީސީން މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން، ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: