ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެޑަމް ސާޖިދާ ކުރި ދައުވާތަކަށް އެމްޑީޕީގެ ފާޑުކިޔުން!

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަތަކެއް ދައްކާފައިވާކަމަށް ތުހުމަތުކޮށް އެމްޑީޕީއާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި އެ ޕާޓީގެ މެންބަރު މަންދިގެ މައްޗަށް ރާއްޖޭގެ ދެ ކޯޓެއްގައި ދައުވާ އުފުލުން އެމްޑީޕީއިން ކުށްވެރިކޮށްފިއެވެ.

މި ދައުވާތަކަކީ ރައީސުލްޖުމްހުރިއްޔާގެ ހުދުމުހުތާރުކަމާއި ދެކޮލަށް އަޑު އުފުލަމުންދާ ފަރާތްތަކުގެ އަޑު ކަނޑުވާލައި، ސިޔާސީ ޕާޓީތަކަށާއި، ސިާސީ މީހުންނަށް ބިރު ދެއްކުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އެންގެވުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުރައްވާ ދައުވާތަކެއްކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.

އެ ޕާޓީއިން ސަރުކާރާއި ދެކޮޅަށް ކުރި މުޒާހަރާއެއްގައި އެއްވެސް ކުޑަކުއްޖެއްގެ ނަމެއް ހާމަ ކޮށްފައި ނުވާނެކަމަށް ބުނެފައިވެއެވެ. ވަކިން ހާއްސަކޮށް، ދައުވާ އުފުލާފައިވާ އެ ޕާޓީގެ މެންބަރު މަންފިގެ ވާހަކައިގައިވެސް އެއްވެސް ކުޑަކުއްޖެއްގެ ނަމެއް ގެނެސްފައިނުވާނެކަމަށް ބުނެފައިވެއެވެ. އަދި މިކަން މުޒާހަރާގެ ރެކޯޑިންތައް ބެލުމުން ސާފުކޮށް އެނގޭނެކަމަށްވެއެވެ.

އެމްޑީޕީއިން ބުނީ ރައީސުލްޖުމްހުރިއްޔާގެ ދަރިކަލެއްގެ ނަން މީޑިއާއަށް ތިލަކޮށް، ކުއްޖާގެ ކަރާމާތް ނަގާލާފައިވަނީ ސާޖިދާ މުހައްމަދު ފަރާތުން އޭނާގެ ވަކީލު އާޒިމާ ޝުކޫރުކަމަށެވެ. މީގެ ކުރީގައިވެސް ސާޖިދާ ވަނީ އެ ކުއްޖާގެ ވާހަކަ ދައްކާފައިކަމަށާއި، އެއީ ރިޔާސީ އިންތިހާބުގެ ތެރޭގައިކަމަށް ބުންޏެވެ.

ރައީސްގެ ބޭފުޅަކާއި ބެހޭ ގޮތުން ޕާޓީގެ ޗެއާޕާސަންވެސް އެއްވެސް ތަނެއްގައި ވާހަކަދައްކާފައިނުވާނެކަމަށާއި، އޭނާ ފާޑު ވިދާޅުވީ މަންދިގެ ވާހަކަތަކަށް މުއައްސަސާތަކުން އެހާ އަވަހަށް ބަޔާން ނެރުންއިރު، ގައުމުގައި ހިނގަމުންދާ ބޮޑެތި ކަންކަމުގައި މުއައްސަސާތަކުން ހިމޭނުން އޮންނަކަމުގެ މައްޗަށްކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

މި މައްސަލައިގައި ޕީއެންއެފްގެ އިސް ބޭފުޅުންވެސް ފުލުހަށް ހާޒިރުކުރެވެމުންދާކަމަށާއި، ބޭނުންވަނީ އިދިކޮޅުވާ ކޮންމެ މީހެއްގެ އަޑު ކަނޑުވާލުމަށްކަމަށް އެމްޑީޕިއިން ބުންޏެވެ. އިދިކޮޅުވާ ކޮންމެ މީހެއްގެ މައްޗަށް ދައުވާ އުފުލުމަށްވެސް ބޭނުންވާކަމަށްވެއެވެ. ސިޔާސީ ބޭނުމުގައި އާއިލާ ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ދައުވާ އުފުލި ނަމަވެސް ރައީސް މުއިއްޒުގެ ހުދުމުހުތާރު ވެރިކަމާއި ދެކޮޅަށް ފަސްޖެހުމެއްނެތި އެ ޕާޓީއިން ތެދުވާނެކަމުގެ ޔަގީންކަން އެމްޑީޕީއިން ވަނީ އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: