ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލާހުގެ ފާޑުކިއުން ޖަމީލަށް؛ މި ދަރަޖައަށް ބަޔަކު ވެރިކަމަށް މަސްތުވެފައި ހުރިތަނެއް ނުދެކެން!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ރައްދު ދެއްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދާފައިވާ ޕީއެންއެފްގެ ޖަލްސާތަކުގައި، ރައީސް މުއިއްޒާއި އެމަނިކުފާނުގެ އާއިލާއަށް އަމާޒުކޮށް އެތައް ވާހަކައެއް ދައްކާފައި ވެއެވެ. އަދި މިފަހުން އޮތް ޖަލްސާއެއްގައި ޖަމީލު ވަނީ ރައީސް މުއިއްޒު ކިތަންމެ ގިނައިން ފަތިސް ނަމާދު ކުރެއްވުމަށް މިސްކިތަށް ވަޑައިގަތަސް ލިބޭނެ ސަވާބެއް ނެތްކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ. އަދި އެ ޕާޓީގެ އެކްޓިވިސްޓު ނާއިފް ޝައުކަތު ވަނީ ރައީސް މުއިއްޒަށް ބޮޑު އަނިޔާއެއް ލިބުމަށް އެދޭކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ.

މި މައްސަލައިގައި ޖަމީލާއި ޕީއެންއެފްއަށް ބޮޑެތި ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ. އަދި ސަރުކާރުގެ އިސްބޭފުޅުން ވެސް ޖަމީލަށް ރައްދު ދިނެވެ.

މިކަމާއި މެދު ކަންބޮޑުވުންފާޅުކޮށް ފަލާހު ވިދާޅުވީ، ދިވެހިރާއްޖޭގައި ފާއިތުވެގެންގޮސްފައިވާ ވެރިކަންތަށް ބަދަލުކުރަން ވަރަށް ގިނަ ގޮތްގޮތުން ވަނީ މަސައްކަތްކޮށްފައިކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމުން ދުރު ކުރުމަށް ކުރެވެން އޮތް ކަމެއް ކޮށް އެކަން ނުވުުމުން ދެން ދުއާކުރަން ފެށީ އެމަނިކުފާނު އަވަހާރަވޭތޯކަމަށް ވިދާޅުވި އެވެ.

މިވަރުގެ ނުބައި ޖާހިލުންތަކެއްނުދެކެން، ތީމިނިވަންކަމެއްނޫން، މިފަދަ ނުބައިދޮގު ހަގީގަތާ ހިލާފު ވާހަކަދައްކާ ފަރާތްތަކާ ނޫސްތަކާ ޓީވީޗެނަލް ތަކަސް މި މައްސަލަތަށްބަލާ ހަރުކަށި ފިޔަވަޅުއަޅަން ކަމާގުޅުންހުރިހުރިހާ ފަރާތްތަކަސް ގޮވާލަން

ފަލާހު ވިދާޅުވެފައި ވަނީ، މީހުންނަށް ބަދުބަސް ބުނުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނޫން ކަމަށާއި މިފަދަ ވާހަކަތައް ދަކާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތްތަކަށް ގޮވާލާކަމަށެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ދައުލަތެއްގެ ރައުސުލްމާލު ލޫޓުވާލައިގެން ހަދައިފައި ހުރި ގެއެއްގެ ތިބެގެން ފަސާދަ އުފެދޭ ޒާތުގެ ވާހަކަދައްކާ ހިންދު، އެބޭފުޅުންގެ ބޯމަތީ އެހެންފަންގިފިލާތަކެއް ހުރިކަން ހަނދާކޮށްލުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި އެ ބަދުބަސް ބުނި ފަރާތްތަކަށް އިންސާފު އައުމަކީ ލަސްވާނެކަމެއް ނޫން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: