ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދުގެ ރައްދު ޖަމީލަށް: މިކަހަލަ މީހުންނާއި އަޅާ ބަލާއިރު ރައީސް މުއިއްޒުގެ ތަފާތަކީ ހަރުދަނާކަން!

ޕީއެންސީގެ ޖަގަހަ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލަށް ފާޑު ވިދާޅުވެ، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒާއި، ޖަމީލްގެ ތަފާތަކީ ރައީސް މުއިއްޒުގެ ހަރުދަނާކަންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓަކީ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަދި ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އަށް ނިސްބަތްވާ މެންބަރަކު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަށް ދެއްވި ރައްދެކެވެ.

ސައީދު ވިދާޅުވީ 2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރިން އޭރުގެ ބޮޑު ދެ ޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައި ވެސް ޖަމީލް ރުންކުރުވެ، ތަނުގައި ތިބި ރައްޔިތުންނަށް ނާގާބިލަށް، ޖާހިލަށް ގޮވުމަށްފަހު ނަފްސު ކޮންޓްރޯލު ނުވެގެން ސްޓޭޖު ދޫކޮށް ދިޔަކަމަށެވެ.

އޭގެ 17 އަހަރު ފަހުންވެސް މި ފެންނަނީ ބަދަލު ނުވެ، އެ ސިފަ ހުރި މީހެއްގެ މަންޒަރުކަމަށް ސައީދު ވިދާޅުވިއެވެ. މައިކު އަތުޖެހުމުން ”ދުނިޔެ ރަންވެ“ ހޭބުއްދި ލުހި، އަނބިދަރީންނާ ޢާއިލާތަކުގެ ކަރާމާތަށް އަރައިގަންނަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

ބަސްމަގު ހުތުރުވެ އަދި ނުވިތާކަށް ފާފަފުއްސެވުމާ ސުވަރުގެއާއި ނަރަކައަށް ވެއްދެވުން ފަދަ ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ބާރުތަކާމެދުވެސް ތިމާ އަމިއްލައަށް ގޮތް ނިންމަމުންދާކަމަށާއި، މި ހިސާބަށް ދިއުމުން ތައުބާވާން މަޖުބޫރުވާނެކަމަށް ވިދާޅުވިއެވެ.

މިކަހަލަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތް ކުރެއްވުމަށް މިނިސްޓަރު ވަނީ ދުއާކޮށްފައެވެ.

މިކަހަލަ މީސްމީހުންނާ އަޅާ ބަލާއިރު ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ތަފާތަކީ ހަރުދަނާކަމާއި، މަޑުމައިތިރިކަމާއި، ރީތި އަޚްލާގާއި އަނެކުންގެ ކަރާމާތް ހިފެހެއްޓެވުންކަމަށް ސައީދު ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒަކީ ހީވާގި، ރެޔާދުވާލު ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމަށް ހިންމަތާއެކު ބުރަ މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް ސައީދު ވިދާޅުވިއެވެ.

އެކަންކަން ކާމިޔާބުވަމުން ރައީސް މުޢިއްޒަށް ރައްޔިތުންގެ ލޯބި އިތުރުވަމުން ދާތަން ފެނުމުން ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެކަމަށް ސައީދު ވިދާޅުވީ ޖަމީލަށް ރައްދުދެއްވައެވެ. ސިޔާސީ ޕާޓީ ހިންގުމުގެ ނަމުގައި ގައުމަށާ އާއިލާތަކަށްވެސް ފުރައްސާރަ ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ. މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫންކަމަށް ސައީދު ވިދާޅުވިއެވެ.

ކިތަންމެ ގިނައިން ފަތިސް ނަމާދަށް އެއީ މަކަރު ހަދައި އޮޅުވާލުމަށް ކުރައްވާކަމެއްގެ ގޮތުގައި ބުނެ ޖަމީލު ވިދާޅުވެފައި ވަނީ މައްޗަށް މާތް ﷲ އެފަދަ މީހުންނަށް ސުވަރުގެ ހަރާމް ކުރައްވާނެ ކަމަށެވެ. ޖަމީލުގެ ވާހަކަ ނިމުމާއި އެކު، ޕީއެންއެފްގެ އެކްޓިވިސްޓު ނާއިފް ޝައުކަތު ވެސް ވަނީ ވަރަށް ދަށު ދަރަޖައިގެ ވާހަކަތައް ދައްކަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: