ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. .
މިނިސްޓްރީން މިއަހަރު އަޟްޙާ ޢީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައެވެ. އަދި ޢީދު ފާހަގަކުރާނެ ރަށްތައް ކަނޑައެޅުމުގައި ބަލާނީ ”ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު“ އާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށެވެ.
މިނިސްޓްރީއާ ގުޅިގެން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 1 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން events@mdlch.gov.mv އަށް ޕްރޮޕޯސަލް ފޮނުވުމަށް ވަނީ އެދިފައެވެ.
މި މަޝްރޫޢުގެ ވިލަރެސްވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޢައްބާސް މުޙައްމަދެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7930101 އަށް ގުޅުއްވުމަށް ވަނީ އަންގަވާފައެވެ.

