ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ ޝަރަފުގައި ބޭއްވި ހިނގާލުމުގައި އެ ހިދުމަތައް ގެނެއި އައު ވެހިކަލްތައް ދައްކާލައިފި

ސިފައިންގެ ހިދުމަތައް ގެނެއި އައު ވެހިކަލްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޝަރަފުގައި ބޭއްވި ހިންގާލުމުގައި އެ ހިދުމަތައް ގެނެއި އައު ވެހިކަލްތައް ދައްކާލައިފިއެވެ.

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޝަރަފުގައި ބޭއްވި ހިންގާލުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ހިނގާލުމުގައި އަލަށް އެހިދުމަތަށް ގެނެނައި ވެހިކަލްތަކުގެ އިތުރުން ސިފައިންގެ އެލީޓް ފޯސްތައް ވަނީ ދައްކާލާފައެވެ.

މިއަދުގެ ހިނގާލުމުގައި އެންމެ ހާއްސަ ވާ ކަމަކީ އަލަށް ސިފައިންގެ ހިދުމަތަށް ތައާރަފްކުރެވުނު ވެހިކަލްތައް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑިއެފްއިން ބުނެފައި ވަނީ މީގެކުރިންވެސް އާރބަން ސަރަހައްދު ތަކަށް ނުވަތަ އެއްގަމުގައި ހަރަކާތްތެރިވާނެ ވެހިކަލްތައް އެ ހިދުމަތުގައި ހުރި ކަމަށެވެ. އެހެންނަމަވެސް އެންމެ ފަހުން މި ގެނެއި ވެހިކަލް ތަކަކަކީ ހިދުމަތައް ވެސް މުޅިން އަލަށް ގެނެސްފައިވާ ހިދުމަތެއް ކަމަށް ވަނީ ބުނެފައެވެ.

ތައާރަފްކުރެވިފައި ވާ ވެހިކަލް ތަކަކީ ވަރަށް ފަހުގެ އެއްޗެހި ކަމަށާއި އަދި މިއީ އެއްގަމުގެ ސަރަހައްދުތަކަށް ހާއްސަ ކުރެވިފައިވާ، މަޑު އަދި ހަރު ފަސްގަނޑުގައިވެސް ބޭނުން ކުރެވޭ ވެހިކަލް ތަކެއް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. ޖުމްލަ ފަސް ވެހިކަލެއް މިއަދުގެ ހިނގާލުމުގައި ދައްކާލާފައިވާއިރު މިއީ ޔޫއޭއީއިން އުފައްދާ އަޖްބާން ސީރީސްގެ ވެހިކަލްތަކެކެވެ.

ސިފައިންގެ އަހަރީ ދުވަސް ނިސްބަތް ވަނީ 1892 ވަނަ އަހަރު ”ސިފައިން“ މި ނަމުގައި ދިވެހި އަސްކަރިއްޔާ އެކުލަވާލެވުނު ދުވަހުން ފެށިގެންނެވެ. އަދި މަގުމަތީގެ ހިނގާލުން ތަކާއި ޕެރޭޑްތައް ފެށީ 1940 ގެ އަހަރުތަކުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: