ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭއްގާނީ ފިކުރުން މުޖުތަމައު ސަލާމަތް ކުރެވޭނީ ޢިލްމު އުނގަންނައިދީގެން: ޑރ. ޝަހީމް

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސް މާލަކީ މިސްކިތްތަކުގެ އިމާމުންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް ވަނީ އިސްލާމީ ޔުނިވާސިޓީން ދަސްވެނިވި އިމާމުންނާއި ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ގިނަ އަދަދެއްގެ އިމާމުން ދަސްނެވިވެފައި ވާތީ އެކަމާއި އުފާ ކުރައްވާކަމަށާއި އިމާމުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ކިޔުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިމާމުން ވަނީ އެ ފަރާތްތަކަށް ދިމާވާ އެކި ދަތިތަކުގެ މަޢުލޫމާތު މިނިސްޓަރަށް ހިއްސާ ކުރައްވާފައެވެ.

ބައްދަލުވުމަށްފަހު މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމާމުންނަކީ މަތީ ތަޢުލީމާއި ޒަމާނީ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަކީ މިނިސްޓްރީގެ އަޒުމެއްކަމަށާއި ނޭއްގާނީ ފިކުރުން މުޖުތަމައު ސަލާމަތް ކުރެވޭނީ ޢިލްމު އުނގަންނައިދީގެންކަމަށެވެ.

ވަޒީރު ވަނީ އިމާމުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: