ސިފައިންގެ 133 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ބޭއްވި މަގުމަތީ ހިނގާލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ބައްލަވާލައްވައިފި އެވެ.
މިއަދު ހަވީރު، ބަންޑާރަކޮށިން ފެއްޓި މަގުމަތީ ހިނގާލުމުގައި ލަޝްކަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ރައީސް މުއިއްޒެވެ،
މާލޭގެ ވަކި މަގުތަކެއްގައި ކުރިއަށްގެންދިޔަ މި ހިނގާލުމުގައި ސިފައިންގެ ލަޝްކަރު ފަސް ސަރަޙައްދެއްގައި މަޑުކޮށް، އަސްކަރީ ބޭންޑުން ރާގުތައް ކުޅެފައިވެއެވެ.
މި ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދީފައިވެއެވެ.
ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ސިފައިންގެ ޚިދުމަތް ފައްޓަވާފައިވަނީ 21 އެޕްރިލް 1892 ގައެވެ.

