ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައިހު އިސްމާއިލަށް އައިޔޫއެމްގެ ފުރަތަ އޮނަރަރީ ޑޮކްޓަރޭޓްކަން އަރުވައިފި

ޝައިހު އިސްމާއިލަށް އައިޔޫއެމްގެ ފުރަތަ އޮނަރަރީ ޑޮކްޓަރޭޓްކަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޔުނިވާސިޓީއަކުން މުޅިން އަލަށް، އެންމެ ފުރަތަމައަށް ދިން އޮނޮރަރީ ޑޮކްޓަރޭޓޫކަން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އިން ޝައިޚް އިސްމާއިލް މުހައްމަދަށް އަރުވައިފިއެވެ.

މިއީ ރާއްޖޭގައި ހިންގާ ޔުނިވާސިޓީއަކުން މި ޝަރަފު އެރުވި ފުރަތަމަ ފަހަރަކަމަށް ވާއިރު ރޭ ބޭއްވި އިސްލާމިކް ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި އިސްމާއިލަށް އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިހާރު އުމުރުން 90 އަހަރު ވެފައިވާ ދ. މީދު އަށް އުފަން އިސްމާއީލް ވެފައި ވަނީ މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި ދަރިވަރަށް ވެސް މެއެވެ. އެއީ 1970 ގެ އަހަރުތަކުގަ އެވެ. މާލޭގައި މަޝްހޫރު ތޮއިބާ ސްކޫލްގެ ނަމުގައި ސްކޫލެއް އުފެއްދެވި އިސްމާއިލް ވަނީ ޕާކިސްތާނުގެ ޖާމިއާ ސަލަފިއްޔާ އިން ދިވެހި ގިނަ ދަރިވަރުންތަކަކަށް ފުރުސަތު ހޯއްދަވައި ދެއްފައިފަ އެވެ. ޕާކިސްތާނުގެ އެކި ޔުނިވާސިޓީތަކުން އިސްމާއިލްގެ އެހީތެރިކަމާ އެކު ފުރުސަތު ހޯއްދަވައި ދެއްވި ދަރިވަރުންގެ އަދަދު 100 އަށް ވުރެ މާ ގިނަ ވާނެ ކަމަށް މިރޭގެ ރަސްމިއްޔާތުގައި ދެއްކި އިސްމާއިލްގެ ތައާރަފު ޕްރެޒެންޓޭޝަންގައި ވަނީ ބުނެފައެވެ.

ތޮއިބާ ސްކޫލް ސަރުކާރަށް ނެގުމާއި އަދި ބައެއް އެހެން ކަންކަމާ މެދު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރާ އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ވަކި ހިސާބަކުން ރާއްޖެ ދޫކުރައްވައި ޕާކިސްތާނަށް ވަޑައިގެން ޖާމިއާ ސަލަފިއްޔާގެ ވަޒީފާއަކަށް އިސްމާއިލް ނުކުންނެވިއެވެ. ޕާކިސްތާނުގައި ދީނީ ދަރުސް ދެއްވަމުން ވެސް އިސްމާއިލް އެންމެ ބޮޑު އިސްކަމެއް ދެއްވީ އޭރު އެ ގައުމުގައި ތިބި ދިވެހި ދަރިވަރުންނަށް ހިދުމަތްތަކެއް ކޮށްދެއްވުމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: