ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭޝަނަލް ސިންގަލް ވިންޑޯ ”ޓްރޭޑިއަން“ ރަސްމީކޮށް ބޭނުންކުރަން ފަށައިފި

އިމްޕޯޓް މުދާ އުފުލާ ބޯޓެއް--ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޝަނަލް ސިންގަލް ވިންޑޯ ”ޓްރޭޑިއަން“ ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަވިސް އިން ވަނީ ޝިޕިންގ އޭޖެންޓުންނާއި، ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީވުމާއި ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމަށްޓަކައި ނޭޝަނަލް ސިންގަލް ވިންޑޯ ”ޓްރޭޑިއަން“ ޕްލެޓްފޯމް މިއަދުން ފެށިގެން ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ.

މިކަން މިގޮތަށް ކުރަން ކަސްޓަމްސް އިން ނިންމީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށްޓަކައެވެ.

އެހެންކަމުން މަތީގައި ދެންނެވިފައިވާ ޚިދުމަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ހުށަހަޅަންވާނީ ނޭޝަނަލް ސިންގަލް ވިންޑޯ ”ޓްރޭޑިއަން“ ޕްލެޓްފޯމް (https://tradian.gov.mv) މެދުވެރިކޮށެވެ.

މިގޮތަށް ހަމަޖެއްސި ކަމުގައިވީނަމަވެސް، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް، 31 މެއި 2025ވަނަ ދުވަހުގެ ނިޔަލަށް، މިހާރު ހުށަހަޅަމުންދާގޮތަށް ކާގޯ މެނިފެސްޓާއި ”ވެސެލް އެރައިވަލް އިންފޮމޭޝަން“ (އީޓީއޭ) އާގުޅޭ މަޢުލޫމާތު ކަސްޓަމްސްއަށް ހުށަހެޅޭނެ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އަދި 1 ޖޫން 2025 ވަނަ ދުވަހުން ފެށިގެން، މި ޚިދުމަތްތައް ހޯއްދެވޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަން ކަމަށްވާތީ، އެ ސުންގަޑީގެކުރިން، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީކުރެއްވުމަށް އެންމެހާ ޝިޕިންގ އެޖެންޓުންނަށާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދޭ ފަރާތްތަކުގެ ސަމާލުވުމަށް ކަސްޓަމްސް އިން ވަނީ އެދިވަޑައިގެންފައެވެ.

ކަސްޓަމްސް އިން ވަނީ ޓްރޭޑިއަން ޕޯޓަލްގައި ރަޖިސްޓްރީވުމާއި ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތައް ހޯއްދެވުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، ޓްރޭޑިއަންގެ ސަޕޯޓް (ފޯން:3334001)އަށް ގުޅުއްވާ ނުވަތަ support@tradian.gov.mv އަށް އީމެއިލް ކުރެއްވުން އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: