ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ނުދައްކާ ތިބި ގިނަ ބައެއްގެ ނަން މީރާއިން ހާމަކޮށްފި

މީރާގެ އޮފީހުން މީހަކު ހިދުމަތް ހޯދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް ބަޔާން ހުށަނާޅައި، ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން ޖީއެސްޓީ (ޖެނެރަލް ސެކްޓަރ) ގެ ފައިސާ ނުދައްކައި ހުރި ފަރާތްތަކުގެ ނަން ހާމަކޮށްފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން މީރާއިން ބުނެފައި އާންމު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޖޭއެސްޓީގެ ޖެނެރަލް ސެކްޓަރ ގެ ފައިސާ ނުދައްކާ އަދަދު 600،000 ދިވެހި ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ނަން ކަމަށެވެ.

މީރާ އާންމު ކުރި ލިސްޓުގައި ޖުމްލަ 146 ފަރާތެއްގެ ނަން ހިމަނާފައި ވެއެވެ.

ޓެކްސް ބަޔާން ހުށަނާޅައި އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތައް ސާފުކޮށްދެ އެވެ. އަދި ފައިސާ ނުދައްކާ ހާލަތުގައި އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު އެ ފަރާތްތަކަށް ސާފުކޮށްދީފައިވާނެކަމަށް މީރާއިން ވަނީ ބުނެފަ އެވެ.

މީރާއިން ބުނީ ފަހުގެ އިންޒާރުގެ ގޮތުގައި އެ ފަރާތްތަކަށް އެސްއެމްއެސްގެ ޒަރީއާއިން ވެސް މެސެޖު ފޮނުވާފައިވާނެ ކަމަށެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން، މިހާތަނަށް ވެސް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކޮށް ޓެކްސް ދެއްކެވުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: