ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ބައެއް މެންބަރުން---
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ހުޅުވައިލައިފައި ކަމަށް ރައީސް އޮފީހުގެ އިއުލާނުން ހާމަކުރެއެވެ.

މިމަގާމަށް މީހަކު އައްޔަން ކުރުރުމުގެ ގޮތުން ފުރުސަތު ހުޅުވާލައިފައި ވަނީ، އެ ކޮމިޝަނުގެ މެމްބަރެއްގެ ދައުރު ހަމަވާން ގާތްވެފައިވާތީ އެވެ.

ދައުރު ހަމަވާ ކޮމިޝަނުގެ މެންބަރަކީ އައިމިނަތު އަމީނާ (އަނާ) އެވެ. ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ގިނަ މަސައްކަތްތަކާއި ކާމިޔާބީތަކެއް ހޯދި އަނާގެ ދައުރު ހަމަވަނީ އަންނަ ޖޫން މަހުގެ 15 ގަ އެވެ.

ރައީސް އޮފީހުން ބުނީ، ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 29 އޭޕްރިލް ވަނަ ދުވަހުގެ މެންދުރު 12:00 ހަމަޔަށް ހުޅުވާލެވިފައިވާކަމަށެވެ. އަދި މެމްބަރުކަމަށް ކުރިމަތިލުމުގެ އެޕްލިކޭޝަންތައް ބަލައިގަންނާނީ ސަރުކާރު ބަންދު ދުވަސްތައް ފިޔަވާ އެހެނިހެން ދުވަސްތަކުގެ ހެންދުނު 8:30 އިން މެންދުރު 12:00 ހަމަޔަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު، ރައީސް އޮފީހުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ އެވެ.

ކޮމިޝަނުގައި މިވަގުތު ތިއްބެވި ހަ މެމްބަރުންނަކީ އާމިނަތު އަމީނާއާއި ޝިފްލާ އިބްރާހީމާއި އާމިނަތު ނުޒުހާ، ސޮފާ ޝަފީގު، އާމިނަތު ސަރާހަތު އަދި މުހައްމަދު އަބްދުﷲ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: