ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ލިވް އަންލިމިޓެޑް ކެމްޕެއިންގައި ބައިވެރިވެގެން ދެ މީހަކަށް ދެވޭ ހައްޖު ދަތުރެއް!

އުރީދޫގެ ލިވް އަންލިމިޓެޑް ކެމްޕެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫގެ ލިވް އަންލިމިޓެޑް ކެމްޕެއިންގައި ބައިވެރިވެގެން ދެ މީހަކަށް ދެވޭ ހައްޖު ދަތުރެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށް އެކުންފުނިން ބުނެފިއެވެ.

ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ޝިއުނާ ވިދާޅުވީ އުރީދޫއަށް 20 އަހަރު ފުރުމުގެ މުނާސަބާއަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކަންތައްތަކަކާއި އެކު ލިވް އަންލިމިޓެޑްގެ ކެމްޕެއިން ލޯންޗްކޮށްފައިވާ ކަމަށެވެ. ޝިއުނާ ވިދާޅުވީ މިހާރު އެންމެންގެވެސް ދިރިއުޅުން ބިނާވެފައިވަނީ ޑިޖިޓަލީ ކަމަށާއި އެހެންކަމުން ޑިޖިޓަލް މޯލްޑިވްސްއެއް ބިނާ ކުރުމަށްޓަކައި އުރީދޫއިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި އަދި އެކަމަށް ވަރަށް ގިނަ ހިދުމަތްތަކެއް އަދި ވަރަށް ގިނަ ޕްރޮޑަކްޓުތަކެއް ލޯންޗުވެސް ކުރަމުންދާ ކަމަށެވެ.

ލިވް އަންލިމިޓެޑް ކެމްޕެއިންއަކީ އުރީދޫގެ ކަސްޓަމަރުންނަށް ދެވޭ ވައުދެއް ކަމަށް ޝިއުނާ ފާހަގަކުރެއްވިއެވެ. މި ކެމްޕެއިން ލޯންޗް ކޮށްފައިވަނީ ވަރަށް ހާއްސަ ޕްރޮމޯޝަނަކާއި އެކު ކަމަށް ޝިއުނާ ވިދާޅުވިއެވެ. އެގޮތުން ކޮންމެ 20 ދުވަހަކުން ކޮންމެވެސް 1 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. މުޅިއެކު 19 އުމްރާ ދަތުރު ހިމެނޭކަމަށް ޝިއުނާ ވިދާޅުވިއެވެ.

”މި ޕްރޮމޯޝަންގައި ބައިވެރިވުމަށް 250 ރުފިޔާއިން މަތީގެ ވިޔަފާރިއެއް އަޅުގަނޑުމެންގެ ހިދުމަތްތައް މެދުވެރިކޮށް ކުރައްވަން މިޖެހެނީ. އެގޮތުން އެޑްއޮންއެއް ނެންގެވި ނަމަވެސް، ބިލް ދައްކަވާލެއްވި ނަމަވެސް ނުވަތަ ރީޗާޖްކޮށްލެވިނަމަވެސް އަޅުގަނޑުމެންގެ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ.“

ޝިއުނާ ވިދާޅުވީ ކޮންމެ 20 ދުވަހަކުން މި ލަކީ ޑްރޯ ކުރިއަށް ދާނެ ކަމަށާއި އަދި ކުރިއަށް ގެންދެވޭ އިރު ނަސީބުވެރި އެއް ފަރާތަކަށް އުމްރާ ދަތުރެއް ލިބިގެންދާ ކަމަށެވެ. 19 އުމްރާ ދަތުރަށް ފަހު އެންމެ ހާއްސަ އިނާމެއްގެ ގޮތުގައި 20 ވަނައަށް އޫރީދުގެ ލަކީ ޑްރޯއިން ހޮވޭ ފަރާތަކަށް ހައްޖު ދަތުރެއް ދެމީހަކަށް ލިބިގެން ދާނެ ކަމަށް ޝިއުނާ ވަނީ ވިދާޅުވެފައެވެ.

ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ޝިއުނާ ވިދާޅުވީ އުރީދޫއަށް 20 އަހަރު ފުރުމުގެ މުނާސަބާއަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކަންތައްތަކަކާއި އެކު ލިވް އަންލިމިޓެޑްގެ ކެމްޕެއިން ލޯންޗްކޮށްފައިވާ ކަމަށެވެ. ޝިއުނާ ވިދާޅުވީ މިހާރު އެންމެންގެވެސް ދިރިއުޅުން ބިނާވެފައިވަނީ ޑިޖިޓަލީ ކަމަށާއި އެހެންކަމުން ޑިޖިޓަލް މޯލްޑިވްސްއެއް ބިނާ ކުރުމަށްޓަކައި އުރީދޫއިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި އަދި އެކަމަށް ވަރަށް ގިނަ ހިދުމަތްތަކެއް އަދި ވަރަށް ގިނަ ޕްރޮޑަކްޓުތަކެއް ލޯންޗުވެސް ކުރަމުންދާ ކަމަށެވެ.

ލިވް އަންލިމިޓެޑް ކެމްޕެއިންއަކީ އުރީދޫގެ ކަސްޓަމަރުންނަށް ދެވޭ ވައުދެއް ކަމަށް ޝިއުނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: