ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ވެރިކަމުގައި ރައީސް ޔާމީންގެ ގޭގެ މަސައްކަތްތައް ހުއްޓުނު، މިހާރު ނިމެން ކައިރިވެއްޖެ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ވެރިކަމުގައި ހުއްޓިފައިހުރި ރައީސް އަބްބްދުﷲ ޔާމީންގެ ގެކޮޅުގެ މަސައްކަތްތައް، އެމަނިކުފާނު ގެއަށް ބަދަލުކުރެއްވުމާއެކު އަލުން ފަށައި، މިހާރު ވަނީ ނިމުމަކާ ކައިރިވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ވެރިކަމުން ވަކިވެވަޑައިގަތް ހިސާބުން ފެށިގެން ގެކޮޅުގެ މަސައްކަތްތައް ވަނީ މުޅިން ހުއްޓިފައެވެ. އެހެންނަމަވެސް ރައީސް މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު، އެމަނިކުފާނުގެ އެންމެ ފުރަތަމަ މަސައްކަތްޕުޅަކަށް ވެގެންދިޔައީ ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމަށް މަސައްކަތް ކުރެއްވުން ކަމަށް ވިދާޅުވިއެވެ.

މެންބަރު ޝުޖާއު އިތުރަށް ހާމަކުރެއްވި ގޮތުގައި، ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމަށްފަހު، ގެކޮޅުގެ ބުރިތައް އިމާރާތްކުރުމުގެ މަސައްކަތާއި، ކްލެޑިންގ އަދި ރަން ބިއްލޫރި ޖެހުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންދެވިފައެވެ. އަދި މިފަހުން 7 ލޮރީގެ މުދާ އެ ގެކޮޅަށް ގެންދިޔަ މަންޒަރު ފެނިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ.

ޕީއެންސީގެ ލީޑަރޝިޕްގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މެންބަރު ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ލީޑަރޝިޕުން މަސައްކަތްތައް ކުރައްވާފައިވަނީ އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާ އެކުގައެވެ. އަދި އެންމެ ފަހު ވަގުތާ ހަމައަށްވެސް ޕާޓީގެ ލީޑަރުގެ ބަސްފުޅު ބަލައިގަނެ، އެއްވެސް ކަމެއް އެމަނިކުފާނު ވިދާޅުވެފައިވާ ގޮތާ ޚިލާފަށް ކޮށްފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ މިއަދުގެ ހާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވީ، އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ތަޅާފޮޅައި، އެކަކު އަނެކަކުގެ ކަރުގައި ހިފާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމުން މޮޅުތަކެއް ލިބުނީ ކޮން ބަޔަކަށްކަން ވިސްނާލުމަށް އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: