ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫތު އެޑްވައިޒަރީ ބޯޑުން ހުވައިނާ އިސްތިއުފާ ދީފި

ހުވައިނާ މުހައްމަދު ނިހާދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރު ހުވައިނާ މުހައްމަދު އެ މަޤާމުން އިސްތިއުފާ ދީފިއެވެ.

ހުވައިނާގެ އިސްތިއުފާ އައިސްފައިވަނީ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގާމެދު ޒުވާނުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިންސްޓަގްރާމް މެދުވެރިކޮށް އިސްތިއުފާގެ ޚަބަރު ހިއްސާކުރަމުން ހުވައިނާ ބުނެފައިވަނީ، ”ކޮންމެ މަގާމެއްގައި ހުރި ނަމަވެސް ޖަވާބުދާރީ ކުރުވަން ޖެހޭނެ“ ކަމަށެވެ. އަދި އޭނާގެ އިސްތިއުފާ އައިސްފައިވަނީ ކަންބޮޑުވުން ފާޅުކުރަމުންދާ ޒުވާނުންނާއެކު ހުރުމުގެ ގޮތުން ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

15 މެންބަރުން ހިމެނޭ މި ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ދެ މެންބަރުންނާއި، ގައުމީ ފެންވަރުގެ ދެ އެތުލީޓުންނާއި، ފަންނީ ދާއިރާއިން ދެ މެންބަރުންނާއި، ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން ދެ މެންބަރުންނެވެ. މީގެ އިތުރުން ޔޫތު މިނިސްޓްރީން ކަނޑައަޅާ ހަތަރު މެންބަރުންނާއި ޔުނިވަރސިޓީތަކުގެ ސްޓޫޑެންޓް ޔޫނިއަންތަކުގެ ތިން ރައީސުން ހިމެނެއެވެ.

ހުވައިނާގެ އިސްތިއުފާއާއެކު އެ ބޯޑުގެ އިތުރު މެންބަރުންވެސް އިސްތިއުފާ ދީފައިވާކަން ރޭ ބޭއްވި އެއްވުމުގައި ވަނީ ހާމަކޮށްފައެވެ. މި އެއްވުމުގައި ބައިވެރިން ވަނީ ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު، ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: