ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދު ކުޑަކޮށް، 2.2 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް!

މީރާ އާއި ފިނޭންސް މިނިސްޓްރީ ހިންގާ އޮފީސް؛-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އުލަތުގެ ހަރަދުތައް ބިލިއަނެއްހާ ރުފިޔާ ކުޑަކޮށް، މިދިޔަ އަހަރުގެ މިހާތަނަށް އައި އިރު 1.6 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ހުރި ދައުލަތުގެ ބަޖެޓް، މި މަހުގެ 17ގެ ނިޔަލަށް 2.2 ބިލިއަން ރުފިޔާއިން އަރަނިކޮށްފި އެވެ.

ދައުލަތުގެ މާލީ ވުޒާރާއިން އާންމުކުރި ’ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް‘ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޭޕްރީލް 17 ގެ ނިޔަލަށް ޖުމުލަ އާމްދަނީގެ ގޮތުގައި 11.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީ ހުރި މިންވަރަށް ވުރެ ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މި މަހުގެ 17ގެ ނިޔަލަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިތުހޯލްޑިން ޓެކްސްއިންނެވެ. އޭގެ އިތުރުން،ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކަކީ:

• ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ: 3.7 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 3.4 ބިލިއަން ރުފިޔާ)

• ގްރީން ޓެކްސް: 572.5 މިލިއަން ރުފިޔާ (މިދިޔަ އަހަރު 334.9 މިލިއަން ރުފިޔާ)

• އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 452.6 މިލިއަން ރުފިޔާ (މިދިޔަ އަހަރު 327 މިލިއަން ރުފިޔާ)

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މި މުއްދަތުގައި ނިޔަލަށް ދައުލަތުން ވަނީ 9.5 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ސަބްސިޑީތަކަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދު ހުރީ 12.7 ބިލިއަން ރުފިޔާގަ އެވެ. ދައުލަތުގެ ހަރަދުތަކުގެ ފާހަގަކޮށްލެވޭ ބައިތަކުގެ ތެރޭގައި:

• މުސާރަ އާއި އެލަވެންސް އަދި ޕެންޝަން: 3.6 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 3.3 ބިލިއަން ރުފިޔާ)

• އިދާރީ ހަރަދުތަކަށް: 5.2 ބިލިއަން ރުފިޔާ (މިދިޔަ އަހަރު 6.1 ބިލިއަން ރުފިޔާ)

• ކެޕިޓަލް ޚަރަދު: 743.1 މިލިއަން ރުފިޔާ (މިދިޔަ އަހަރު 3.2 ބިލިއަން ރުފިޔާ)

މީގެއިތުރުން 10 އޭޕްރީލްގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާއަށް އަރައި މިއަހަރުގެ ދައުލަތުގެ ބަޖެޓް އަރަނިވި މިންވަރު ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް“ ރިޕޯޓުގައިވާ ގޮތުން، 10 އޭޕްރީލްގެ ނިޔަލަށް ދައުލަތަށް ވަނީ ގާތްގަނޑަކަށް 11.2 ބިލިއަން ރުފިޔާ ލިބިފަ އެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 10.7 ބިލިއަން ރުފިޔާ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރާއި އަޅާބަލައި މި އަހަރު ދަށްވެފައި ވަނީ ކުޑަ މިންވަރަކުންނެވެ. އެގޮތުން 10 އޭޕްރިލްގެ ނިޔަލަށް މި އަހަރު 8.7 ބިލިއަން ރުފިޔަން ރުފިޔާ ލިބުނުއިރު ކުރީ އަހަރު އެ އަދަދު ހުރީ 8.8 ބިލިއަން ރުފިޔާގަ އެވެ.

ޓެކްސް ނޫން އާމްދަނީ މި އަހަރު އެއް ބިލިއަން ރުފިޔާއިން އިތުރުވި އެވެ. އެއީ ކުރީ އަހަރު 1.9 ބިލިއަން ރުފިޔާ ލިބުނު އިރު މި އަހަރު އެ އަދަދު 2.5 ބިލިއަންއަށް އަރާފައިވާތީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: