ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން މި އަހަރު ހައްޖަށް ދާ ހުރިހާ ހައްޖާޖީންގެ ވިސާގެ މަސައްކަތާއި އެކު ހުރިހާ އިންތިޒާމެއް ވަނީ ނިމިފައި: ޝަކީލް

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަކީލް'
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން މި އަހަރު ހައްޖަށް ދާ ހުރިހާ ހައްޖާޖީންގެ ވިސާގެ މަސައްކަތް ނިމި، ހުރިހާ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ހައްޖު ބެކްލޮގްގެ މައްސަލައިގައި ސަންގުޓީވީގެ ”ސަރުކާރު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ، މިހާތަނަށް މި މައްސަލައަށް ސަމާލުކަން ދީގެން އެކަށީގެންވާ ހައްލެއް ގެނައުމަށް މަސައްކަތް ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަނި ކަމަށެވެ. ޝަކީލް ވިދާޅުވީ މި އަހަރު ހައްޖަށް ދެވޭނެކަމަށް ކިއުގައި އޮތް އެންމެނަށް ވެސް ފުރުސަތު ދީފައިވާނެކަމަށެވެ. އަދި ހުރިހާ އިންތިޒާމުތައް ނިމި ވިސާ ޖަހައި، ސައުދީ އަރަބިއްޔާ މެދުވެރިކޮށް ހަމަޖައްސަން ޖެހޭ ހުރިހާ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ޝަކީލް ވިދާޅުވި އެވެ. އޭގެ ތެރޭގައި ޓެންޓުތަކުގެ މަސައްކަތްތައް ވެސް ހިމެނޭކަމަށް ޝަކީލް ވިދާޅުވި އެވެ.

ޝަކީލް ވިދާޅުވީ އަރަފާތާއި މިނާގައި ޓެންޓު ޖެހުމުގެ މަސައްކަތްތައް ބެލުމަށްޓަކައި ކުންފުނީގެ އިސްވެރިންގެ ޓީމެއް މައްކާއަށް ގޮސް ޓެންޓުތަކުގެ ހާލަތު ބަލައި، ރަނގަޅު ކުރަން ޖެހޭ ކަންކަން ބަލާފައިވާނެ ކަމަށެވެ. މިއާއި އެކު ހޮޓެލްގެ ވެސް ހުންނަން ޖެހޭ ސްޓެންޑާޑްތަކަށް ގެނައުމަށްޓަކައި ޕެސްޓްކޮންޓްރޯލްކޮށް ދިވެހި ހައްޖުވެރިންނަށް މަރުހަބާ ކިއުމަށްޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތައް ވަމުންދާކަމަށް ޝަކީލް ވަނީ ވިދާޅުވެފަ އެވެ.

އެހެންވީމަ އިރާދަކުރެއްވިއްޔާ އުންމީދަކީ މި މަހުގެ ފަހުކޮޅު މައްކާއަށް ދާން ފުރާނެ.. ދާންވާއިރަށް ފުރިހަމައަށް މަރުހާބާ ކިޔާނެ..

މީގެއިތުރުން މާލޭގައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން އަންނަ ހަފްތާގައި ހައްޖު ކިޓުތައް ދޫކުރަން ފަށާނެކަމަށް ޝަކީލް ވިދާޅުވި އެވެ. އަދި ކުންފުނިން ފޯރުކޮށްދޭ ޓްރެއިނިން ޕްރޮގްރާމްތައް ފަށައި ކުރިޔަށްދާކަން ފާހަގަކުރެއްވި އެވެ.

އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން ސައުދީގައި ވާން ޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާކަމަށް ވެސް ޝަކީލް ވަނީ ވިދާޅުވެފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: