އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގުޅިގެން ކުރިއަށް ގެންދިޔަ ގްރޭންޑް ޓިއުރިސްމޯ 7 ގެ ލެޖެންޑްސް ސާކިޓްގެ ފުރަތަމަ ސީޒަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މުބާރާތުގައި ރާއްޖޭގެ އެންމެ ކުޅަދާނަ ސިމް ރޭސަރުންގެ ތެރެއިން 15 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
5،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކުރިއަށް ގެންދިޔަ މި މުބާރާތުގައި މުހައްމަދު މާއިޝްވަނީ ޗެމްޕިއަންކަން ހޯދައި، 2،500 ރުފިޔާގެ ފުރަތަމަ ޖާއިޒާ ހާސިލުކޮށްފައެވެ. ދެވަނައަށް ދިޔަ މުހައްމަދު ޔޫހު އަށް 1،500 ރުފިޔާ އަދި ތިންވަނައަށް ދިޔަ އަޔާން އަހުމަދުއަށް 1،000 ރުފިޔާގެ ޖާއިޒާ ލިބިފައިވެއެވެ.
މި ތިން ކުޅުންތެރިން ވަނީ ޖީޓީ7 ލެޖެންޑްސް ސާކިޓްގެ ގްރޭންޑް ފައިނަލަށް ކޮލިފައިވެފައެވެ. މުބާރާތުގެ ދެވަނަ ސީޒަނާ ގުޅޭ މަޢުލޫމާތު އުރީދޫ ނޭޝަން އަދި ޑްރެގަން ޒޯންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އިޢުލާންކުރާނެ ކަމަށް ބައިވެރިވާ ފަރާތްތަކަށް އަންގާފައިވެއެވެ.
ގްރޭންޑް ފައިނަލްގައި ދެ ސީޒަނުން ވަނަތައް ހޯދައި ކޮލިފައިވާ ކުޅުންތެރިން ވާދަކުރާނީ 15،000 ރުފިޔާގެ އަލްޓިމޭޓް ޕްރައިޒް ޕޫލަށެވެ. މިއީ ރާއްޖޭގައި ސިމް ރޭސިންގ މުބާރާތްތައް އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

