ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނުގެ ބޭސްފަރުވާއަށް ދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަން ދިނިން: އެންސްޕާ

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހ. ފެންޓެނޯއީ އިން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު ޒުވާނާގެ ބޭސްފަރުވާގެ އެންމެހައި ޚަރަދުތައް ހަމަޖައްސައިދޭނެ ކަމަށް ބުނެ ދައުރުވަމުންދާ މަޢުލޫމާތަކީ އެންމެ ސައްހަ މައުލޫމާތު ނޫން ކަމަށް އެންސްޕާއިން ބުނެފިއެވެ.

އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، އެ ޒުވާނާގެ ފަރުވާއަށް އެހީތެރިކަން ހޯދުމަށް ހުށަހެޅުމުން، އެންސްޕާއިން ވާނީ ދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ބައެއް ނޫސްތަކުގައި ޝާއިޢުކޮށްފައިވާ، އެ ޒުވާނާގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނެ ކަމަށް ބުނާ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއް ނޫން ކަމަށް ހީނާ ވަނީ ފާހަގަކުރައްވާފައެވެ.

ދައުރުވަމުންދާ މަޢުލޫމާތުތަކަށް ބަލާއިރު، އެ ޒުވާނާގެ ފަރުވާއަށް 57،000 އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ (ގާތްގަނޑަކަށް 878،940 ދިވެހި ރުފިޔާ) ބޭނުންވާ ކަމަށް ވެއެވެ. އެހެންނަމަވެސް، އެންސްޕާއިން މިހާތަނަށް ހަމަޖައްސައިދީފައިވަނީ 385،500 ރުފިޔާ ކަން ފާހަގަކުރެވެއެވެ.

ނުވަވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބުނު އެ ޒުވާނާއަށް، ފުރަތަމަ ފަރުވާ ދެވުނީ އައިޖީއެމްއެޗްގައެވެ. އަދި މިހާރު އިތުރު ފަރުވާއަށްޓަކައި ވަނީ ރާއްޖެއިން ބޭރަށް ގެންގޮސްފައެވެ.

އާއިލާގެ ފަރާތުން ސަރުކާރުގެ އެހީތެރިކަމަށް އެދުމާ ގުޅިގެން، ސަރުކާރުން އެންމެހައި ޚަރަދުތައް ހަމަޖައްސައިދޭނެ ކަމަށް އެއްބަސްވި ނަމަވެސް، ފަހުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: