ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ މާޗް މަހު 1412 އަށް ޖުމްލަ 1783 މައްސަލަ ހުށަހެޅިފައިވޭ

ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ މާރިޗް މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 1783 ކޯލު ލިބިފައިވާކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

އެގޮތުން، އެ ވުޒާރާގެ ޗައިލް ހެލްޕްލައިން 1412 އަށް ޖުމްލަ 1503 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން، 34 ކޯލަކީ ކުޑަކުދިން އަމިއްލަ އަށް ހުށަހަޅާފައިވާ މައްސަލަކަމަށް އެ ވުޒާރާއިން ބުނިއިރު، އެ ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1412 އަށް ޖުމްލަ 280 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މީގެތެރެއިން، އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ 40 މައްސަލަ ހުށަހެޅިފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 16 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.

ހަމައެހެންމެ، އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ ތެރޭގައި، ނަފްސާނީ އަނިޔާކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާގެ 12 މައްސަލައެއް ހިމެނެއެވެ. އަދި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 06 މައްސަލައާއި، މުދާ ހިފެހެއްޓުމާއި މުއްދަލަށް ގެއްލުންދިނުމުގެ 02 މައްސަލައާއި، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 02 މައްސަލައާއި، ޖިންސީ ހާނިއްކަ ކުރުމުގެ 01 މައްސަލަ ވަނީ ރިޕޯޓުކުރެވިފައެވެ.

މީގެ އިތުރުން، އަޅާލުމާއި ބެލެހެއްޓުމުގެ 07 މައްސަލަ މާޗު މަހު ވަނީ ހުށަހަޅާފައެވެ. މިގޮތުން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 03 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 04 މައްސަލައެއް ހުށަހަޅާފައިވެއެވެ.

އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ 05 މައްސަލައެއް ވެސް މާޗު މަހު ވަނީ މި ވުޒާރާއަށް ރިޕޯޓުކޮށްފައެވެ. އެއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 04 މައްސަލައާއި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 01 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 16 މައްސަލައެއް މިއަހަރު މާރިޗް މަހު ވަނީ ހުށަހަޅާފައިކަމަށް އެ ވުޒާރާއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: