ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެރަ ނަތީޖާތަކުން ސަލާމަތްވުމަށް، ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ޖެހޭ: އިބްރާހިމް

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) -- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދެރަ ނަތީޖާތަކުން ސަލާމަތްވުމަށް، ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުން މުހިންމުކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.

މެންބަރު މިފަދައިން ވިދާޅުވީ ފުރާޅު މައްޗަށް އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގައި ވާހަކަދައްކަވަމުން، ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައެވެ.

އޭނާ ވިދާޅުވީ މިއީ އިސްލާމީ ގައުމެއްކަމަށެވެ. އިސްލާމީ ގައުމެއްގައި ކަންކަން ބައްޓަން ކުރަން ޖެހޭނެ ގޮތާއި، ސަރުކާރުގެ ކަންކަމާއި އަދި ހަމައެއާއިއެކު ރައްޔިތުންގެ ޒިންމާއާއިމެދުވެސް ފުންކޮށް ވިސްނާލަން ޖެހޭކަމަށާއި، ރާއްޖޭގެ އިސްލާމީ ފޭރާން އެންމެ ފުރަތަމަ ހަލާކުވާން ފެށީ 2000 ގެ ކުރީކޮޅުކަމަށް އޭނާ ވިދާޅުވިއެވެ.

2000 ގެ ކުރީކޮޅުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ، އޭރުގައި މަސްތުވުމުގެ ކަންތައް، ރާ ބުއިމާ އެހެނިހެން މަނާ ބާވަތްތަކުގެ މަސްތުވާތަކެތި ބޭނުންކުރަމުން ގެންދިޔަ. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އެންމެ ފުރަތަމަ މި ކަންކަން ފެންމަތިވީ ހިސާބުން، އަޅުގަނޑުމެން ފިޔަވަޅު އެޅިނަމަ، ދިގު ދެމިގެންވާ ވަބާއެއް ގޮތަށް މިއަދު މިހިސާބަށް އަޅުގަނޑުމެންނާއި ހިސާބަށް ވާރުތަވެގެން ނާންނާނެ.

މެންބަރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ފަދަ އިޖުތިމާއީ ފޭރާން ވީދޭނެ މައްސަލަތައް، އޭރު ފެންމަތިވެގެން އައިރު އެންމެ ފުރަތަމަ ފިޔަވަޅުތައް އެޅިނަމަ، މިއަދު މިހާ ހިސާބަށް މައްސަލަތައް ނާންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަތަކުގައި ދައުލަތުގެ އަދި ރައްޔިތުންގެ ޒިންމާވެސް އެބައޮތްކަމަށް ފާހަގަކޮށް މެންބަރު ވިދާޅުވީ، ބެލެނިވެރިންގެ ޒިންމާވެސް މިފަދަ މައްސަލަތަކުގައި ބޮޑުކަމަށެވެ. ދެރަ ނަތީޖާތަކުން ސަލާމަތްވުމަށް، ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސަތުގައި ތިއްބެވި ބަޔަކުވެސް ތަން މިނަށް ޒުވާނުންނަށް މަޖާކުރުމަށް ފުރުސަތު ދެވެން ޖެހޭކަމަށް އަޑު އުފުލާފައިވާކަމަށް އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް އިޝާރާތްކުރައްވާ ވާހަކަދައްކަވަމުންނެވެ. މިއީ ޒުވާނުންނަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރާނެފަދަ ވާހަކަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުތަކުގެ އިހުމާލުތައް މި މައްސަލަގައި އެބަހުރިކަމަށް ވިދާޅުވެ، އޭނާ ވަނީ މިދިޔަ ސަރުކާރުގައި ފެންމަތިވީ ބައެއް މައްސަލަތައް ފާހަގަކުރައްވާފައެވެ. އެގޮތުން ”ރޯޔަލް ރޭޕް ކޭސް“ ފާހަގަކުރެއްވިއެވެ. ހޯމް މިނިސްޓަރުގެ މައްޗަށްވެސް ތުހުމަތުކުރެވުނުކަމަށާއި، އަދި ހަމައެއާއިއެކު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މައްޗަށްވެސް މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތު ކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ މައްސަލަތައް މިނިވަންކަމާއިއެކު ތަހުގީގު ކުރެވިފައި ނެތުމަކީ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިޔާ އިތުރަށް ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މެންބަރު ވިދާޅުވީ ހަމަ ތުހުމަތެއް ކުރެވޭއިރަށް މަގާމުން އިސްތިއުފާ ދޭން ނުޖެހޭކަމަށެވެ. އެހެން ނަމަވެސް އެކަށީގެންވާ ހެއްކާއި ގަރީނާ ހުރިކަމަށްވާނަމަ އިސްތިއުފާ ދޭން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: