ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށިގައި ކްލިނިކެއް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެޗްޑީސީން ހުޅުވައިލައިފި

ތިލަފުށި
ޝެއާރކޮށްލާ ކަހަލަދޯ؟

ކ.ތިލަފުށީގައި ކްލިނިކެއް ހިންގުމަށް ބޭނުންވާ ފަރާތްތަކުން ލީސިންގ ޕްރޮޕޯސަލް ހުށަހެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން މިކަމާއި ގުޅިގެން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ތިލަފުށީގެ މަޝްރޫޢުގެ ދަށުން ކްލިނިކެއް ހިންގުމަށް ކަނޑައަޅާފައިވާ ޖާގައަކީ 669.30 އަކަފޫޓުގެ ބޮޑުމިނުގެ ޓީއެލްސީ-ޖީ-01 ނަންބަރު ޔުނިޓު ކަމަށެވެ.

މި ޔުނިޓު ލީސްކުރުމަށް ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ މުއްދަތަކީ، އަންނަ މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 2:00 ޖެހުމާއި ހަމަޔަށް ކަމަށެވެ.

މީގެއިތުރުން، ޕްރޮޕޯސަލް ހުށަހެޅުމާއިއެކު، ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެކަމަށްވެސް އެޗްޑީސީން ބުނިއެވެ.

ތިލަފުށީގެ މި ބިން ލީސް ކުރުމުގެ މަރުހަލާގައި ހިމެނޭ މުހިންމު ދުސްތަކަކ،

  • މި މަޝްރޫޢާ ގުޅޭ ޕްރީ-ޕްރޮޕޯސަލް ބައްދަލުވުން އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 2:00 ޖަހާއިރު ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ބައްދަލުވުން ބޭއްވުން
  • މި މަޝްރޫއާއި ގުޅޭ ސުވާލުތައް ހުށަހެޅުމުގެ  މުއްދަތަކީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރު 2:00 ޖެހުމާއި ހަމަޔަށް
  • މި މަޝްރޫއާއި ގުޅޭ ސުވާލުތަކަށް ޖަވާބު ދިނުން އިންތިޒާމުކުރެވިފައިވާ ދުވަހަކީ، އަންނަ މަހުގެ 12 ވަނަ ދުވަސް ކަމަށް އެޗްޑީސީގެ އިއުލާނުގައިވެއެވެ.

މި މަޝްރޫއަށް ޕްރޮޕޯސަލްތައް ހުޅުމަށް ހަމަޖެހިފައިވާ ތާރީހަކީ މޭ މަހުގެ 22 ވަނަ ދުވަހުކަމަށް އެޗްޑީސީން ބުނިއެވެ.

މި މަޝްރޫއާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ވެބްސައިޓު މެދުވެރިކޮށް ލިބިގެންދާނެކަމަށް އެޗްޑީސީން ބުނިއެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މަޝްރޫއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޒިންމާއެއްކަމަށްވެސް އެޗްޑީސީން ބުނިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: