ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސެޓް ރިކަވަރީ ގާނޫނަށް ބަނޑާރަ ނައިބުގެ ރައުޔު ހޯދަން މަޖިލީހުން ފޮނުވައިފި: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސެޓް ރިކަވަރީ ގާނޫނާ ބެހޭގޮތުން ބަންޑާރަ ނައިބުގެ ރައުޔަކަށް އެދިފައިވާ ކަމަށާއި، އެ އޮފީހުގެ މަސައްކަތްތައް ނިމުމުން މަޖިލީހުން އެ މަސައްކަތްތަކާއިގެން ކުރިއަށްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޝަމްހީދު ވިދާޅުވީ، މިފަހަކަށް އައިސް އެ ކޮމިޓީން ކުރަމުންދާ އެއް މަސައްކަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއަމަންޓް އަދި ލިބެންހުރި ފައިސާއާ ގުޅޭ ކަންކަން ބެލުން ކަމަށެވެ. އެގޮތުން އެޗްޑީސީއަށް އަމިއްލަ ފަރާތްތަކުންނާއި އެހެނިހެން އެސްއޯއީތަކުން ލިބެންހުރި ފައިސާއާ ގުޅޭ ރިޕޯޓެއް ނިންމާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.

އެމްޕީއެލްއިން އެޗްޑީސީއަށް ބޮޑު އަދަދެއްގެ ފައިސާ ދައްކަންޖެހޭ

ޝަމްހީދު ވިދާޅުވިގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ އެޗްޑީސީއަށް ދައްކަން ޖެހިފައިވަނީ އެމްޕީއެލްއިންނެވެ. އެއީ ބިމެއް ބަލައިގަތުމަށްފަހު ދައްކަންޖެހޭ ފައިސާ ކަމަށާއި، ނަމަވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބި ވަނީ އެ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަނުވާތީ ކަމަށް ވިދާޅުވިއެވެ.

އެސެޓް ރިކަވަރީ ގާނޫނުގެ މަސައްކަތް

އޭސީސީން ވަނީ އެސެޓް ރިކަވަރީއާ ބެހޭ ތަފްސީލީ ގާނޫނެއް ޑްރާފްޓްކޮށް މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައެވެ. ނަމަވެސް މި ގާނޫނު މަޖިލީހަށް އަންނަންޖެހެނީ ބަންޑާރަ ނައިބު މެދުވެރިކޮށް ކަމަށް ކޮމިޓީގެ މެންބަރުންނަށް ފެންނާތީ، އެ ގާނޫނާމެދު ބަންޑާރަ ނައިބުގެ ލަފައަކަށް އެދިފައިވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި ބަންޑާރަ ނައިބުގެ ރައުޔު ލިބުމުން ވީ އެންމެ އަވަހަކަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: