ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޖުތަމައުއަށް ހޭލުންތެރި އެއްވެސް މީހަކު ޖެނެރޭޝަން ބޭންއާއި ދެކޮޅެއް ނުވާނެ: ސައުދުﷲ

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން މުޖުތަމައުއަށް ހޭލުންތެރި އެއްވެސް މީހަކު ޖެނެރޭޝަން ބޭން ބިލާއި ދެކޮޅު ނަހައްދަވާނެ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ސައުދުﷲ ވިދާޅުވީ އެއްވެސް މައިންބަފައިންނެއް އެމީހުންގެ ދަރިން ދުންފަތުގެ އިސްތިއުމާލު ކުރުން ބޭނުމެއް ނުވާނެ ކަމަށެވެ. އަދި ”މުޖުތަމައުގެ ހޭލުންތެރިކަން ލިބިފައިވާ އެއްވެސް ބޭފުޅަކު މިކަމާ ދެކޮޅު ހައްދަވާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރައްވަން“ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތްތައް ބައްޓަން ކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށް ފާހަގަކުރައްވަމުން، ވަކި އުމުރުފުރާއަކަށް ދުންފަތް މަނާކުރުމަށް ނިންމާފައިވަނީ ގައުމުގެ މުސްތަގުބަލަށްޓަކައި ކަމަށް މެންބަރު ސައުދުﷲ ވިދާޅުވިއެވެ. އަދި ދުންފަތަކީ އޭގެ އިސްތިއުމާލު ކުރާ މީހުންގެ އިތުރުން ކައިރީގައި ތިބޭ މީހުންނަށްވެސް ގެއްލުން ލިބޭ އެއްޗެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބިލުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ރަޖިސްޓްރީކޮށް ލައިސަންސް ލިބިފައިވާ ތަންތަނުން މެނުވީ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާވާނެއެވެ. އަދި 2007 ގެ ފަހުން އުފަންވެފައިވާ މީހުންނާއި 21 އަހަރުން ދަށުގެ މީހުން ސިނގިރޭޓު ބޭނުން ކުރުން މަނާވާނެއެވެ.

މި މައްސަލައިން ސަލާމަތްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުން މެންބަރު ސައުދުﷲ ވިދާޅުވީ ”އަޅުގަނޑުމެންގެ މުޖުތަމައުއަކީ ދުންފަތުން ސަލާމަތްވެފައިވާ މުޖުތަމައުއަކަށް ހެއްދެވުމަށް ހުރިހާ އަފްރާދުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް މިއަދުވެސް އަޅުގަނޑު އިލްތިމާސްކުރަން“ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: