ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުރުކީއިން ހަދިޔާކުރާ މަނަވަރުގައި މިސައިލެއް ހަރުކޮށްފައި ނެތް: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ތުރުކީ ކުންފުންޏެއް މެދުވެރިކޮށް އަސްކަރިއްޔާއަށް މިސައިލު ގެނައުމަށް އުޅޭކަމަށް ދެކެވޭ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.

އަށް ގަޑިއިރަށް ވުރެ ގިނަ އިރު ދިގުދެމިގެން ދިޔަ މި ޕްރެސްގައި ނޫސްވެރިއެއްގެ ސުވާލަށް ރައީސް ވިދަޅުވީ، މަނަވަރުގައި ބޭނުން ކުރުމަށް މިސައިލު ގެންނަން އުޅޭކަމަށް ބުނެ ދެކެވެނީ ހަގީގަތެއް ނޫންކަމަށެވެ.

މި މައްސަލައިގައި ނޫސްވެރިޔާ ސުވާލު ކުރީ އެ ކުންފުނީގެ އިސްވެރިއަކު ރައީސްއާއި ބައްދަލު ކުރިކަމަށް ދެކެވޭ ވާހަކައަށެވެ. ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނާއި ބައްދަލުކުރުމަށް އައި ބޭރުގެ ސަފީރަކު އެކަމާއި ގުޅޭގޮތުން ކަންބޮޑުވެ މިސައިލުގެ ވާހަކަ ދެއްކެވި ކަމަށެވެ. އެހެން ނަމަވެސް އެއީ ހަގީގަތެއް ނެތް ވާހަކަތަކެއްކަމާއި މިސައިލެއް ގަންނަން އެއްވެސް މަސައްކަތެއް ނުކުރާކަމަށް އަދި އެފަދަ އާލާތެއް ހޯދަން ވެސް ނޫޅޭކަން ދެންނެވިކަމަށް ރައީސް ވިދާޅުވި އެވެ.

ތުރުކީއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމުގެ ތެރެއިން މަނަވަރެއް ހަދިޔާކުރިއިރު ރައީސް ވިދާޅުވީ، އެއީ ސައިޒުގެ ގޮތުން ބަލާއިރު ވެސް ރާއްޖޭގައި ނެތް ވަރުގެ ބޮޑު އުޅަނދެއް ކަމަށެވެ. އަދި އެ އުޅަނަށް އެއްވެސް ހަރަދެއް ކުރަން ވެސް ނުޖެހޭކަން ފާހަގަކުރައްވައި ވިދަޅުވީ، އެ އުޅަނދުގައި މިސައިލެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: