ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ކުޑަ މަންފާއަކަށް ފުލުންނަށް ރައްޔިތުން ކުރާ އުންމީދުތަކުން ދޫނުކޮށްލާ: މާރިޔާ

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ވާހަކަ ދައްކަވަނީ/ ސަން ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ކުޑަ މަންފާއަކަށް ރައްޔިތުންގެ ތެރޭގައި ފުލުހުންގެ މުއައްސަސާއާއިމެދު އޮތް އުންމީދުތައް ދޫނުކޮށްލެއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެން މީހާއަކީވެސް ކޮންމެވެސް މީހެއްގެ ދަރިއެއްކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ވާހަކައެއް ދެކެވެމުން އެކަމާއި ގުޅިގެން ޖިނާއީ ތަހުގީގު ހިންގިތަނާއި މަދަނީ ދައުވާތަކެއް އުފުލުނު މަަންޒަރު އެންމެނަށްވެސް ފެނިފައިވާނެކަމަށެވެ.

މާރިޔާ ވިދާޅުވީ، އަނިޔާތަކެއް ލިބިފައިވަނީ ދިވެހި އަންހެން ދަރިއެއްކަމަށެވެ. އެހެންކަމުން އެ އާއިލާއިންވެސް ބޭނުންވަނީ އިންސާފުވެރިކަން ކަމަށް ހިއްސާކުރެއްވިއެވެ. އަދި ޒުވާނުން މަގުތަކަށް ނުކުންނަމުންދަނީ އެ މީހުންނަށް މި މުޖުތަމައުގެ ތެރޭގައި ސަލާމަތްތެރިކަމާއިއެކު އުޅެވިދާނެކަމުގެ އިތުރުން ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމެއް އަދުލުވެރިކަމާއިއެކު ބަލާނެކަމުގެ ޔަގީންކަމެއް ނެތުމުންކަމަށެވެ.

މާރިޔާ ވިދާޅުވީ، އަނިޔާ ލިބުނު ޒުވާނާއަށް އިންސާފު ބޭނުންވާއިރު މައްސަލަ ބަލަމުންދަނީ އިންސާފުވެރިކަމާއިއެކު ނޫންކަމުގެ ޝައްކު މުޖުތަމައުގެ ތެރޭގައި އޮތް ނަމަ ތުހުމަތުކުރެވޭ މީހުންގެ ގައިގައިވެސް އުމުރު ދުވަހަށް ލައްގަނޑެއް ޖެހިގެންދާކަމަށެވެ. އެހެންކަމުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ފުލުހުން މިނިވަން އިންސާފުވެރި ތަހުގީގުތަކެއް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފެނިގެންދާކަމަށް އިޝާރާތްކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މަގުތަކަށް މީހުން ނުކުމެގެން އުޅެނީ އެކަން އެގޮތަށް ކުރިއަށް ގެންދާކަމާއިމެދު ސުވާލު އުފެދިފައިވުމުންކަމަށެވެ. އަދި ހަގީގަތަށް ބަލާއިރު މިހާރު ގާނޫނުއަސާސީއަށް ބެލުމެއް ނެތްކަންވެސް ފެނިގެންދާކަމަށާއި ހުރިހާ މިނިވަން މުއައްސަސާތަކެއް ވަނީ ވާވެފައިކަމަށް ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ރާއްޖޭގެ މިސްރާބު ހުރީ ރަސްކަމަކާއި ދިމާލަށްކަމަށް ބުނެވެމުންދާކަމަށެވެ. އެހެންކަމުން މިނިވަން ތަހުގީގަކަށް ޖާގަ ދެއްވުމަށް ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގަންނަވާކަމަށާއި ގާނޫނަށް ބޯލެންބެވުމަށް ގޮވާލައްވާކަމަށެވެ. އޭނާ ވިދާޅުވީ، ހިނގަމުންދާ ކަންކަމާއިމެދު ފުލުހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށާއި ފުލުހުންނަކީ އެތައް ބައިވަރު ޓްރެއިނިންގެއް ހައްދަވާފައި ތިއްބެވި ބައެއްކަމަށެވެ. އެހެންކަމުން ސިޔާސީ ކުޑަ މަންފާއަކަށްޓަކައި ފުލުހުންނާއިމެދު ރައްޔިތުން ކުރަމުންދާ އުންމީދު ދޫނުކޮށްލެވުމަށް އެދިވަޑައިގަންނަވާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: