ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނު މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނިންމާ ގޮތަކަށް ފިޔަވަޅު އަޅާނަން: ރައީސް

ރައީސް މުއިއްޒު އަދި މިނިސްޓަރު އަމީން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނަކު އިމާރާތަކުން ވެއްޓި އަނިޔާތަކެއް ލިބުނު މައްސަލައިގައި އެކުލަވާލެވުނު ރިޔާސީ ކޮމިޝަނުން ނިންމާ ނިންމުމާއި އެއްގޮތަށް ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިމާރާތުގެ ފުރާޅުމައްޗަށް ޒުވާނަކު ވެއްޓުނު މައްސަލައިގައި ކަންކަން ހިނގާދިޔަ ގޮތާމެދު ސުވާލު އުފެދޭތީ، ނުފޫޒާއި މަސްލަހަތުން އެއްކިބާވެ މައްސަލަ ތަޙުޤީޤުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާ ކަމަށެވެ.

”ކޮމިޝަނުން ނިންމާ ނިންމުން ނުވަތަ އެކުލަވާލާ ރިޕޯޓުގައި އޮންނަ ކޮންމެ ގޮތަކަށްވެސް ފިޔަވަޅު އަޅާނަން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީންގެ އިސްތިއުފާއަށް ގޮވާލަމުންދާއިރު، ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާންގެ އިސްތިއުފާއަށްވެސް ގޮވާލަމުންދާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އިޙްސާން މަޤާމުން ވަކިކުރެއްވުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށާއި، އެއީ ވަރަށް ގިނަ ޒިންމާތަކެއް ހަވާލުކުރެވިފައިވާ މިނިސްޓަރެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެއްވެސް އައްޔަންކުރެވިފައިވާ މަޤާމެއްގައި ހުންނަ މީހެއްގެ ކިބައިން އިންޓެގްރިޓީގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ ވަކިކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިނިވަންކަމާއި އިންސާފުވެރިކަމާއެކު ބެލޭ މައްސަލައެއްގައި ކުށްވެރިވާ މީހަކު އައްޔަންކޮށްފައިވާނަމަ އެމީހަކު މަޤާމުން ވަކިކުރައްވާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: