ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީ ޒޯންއެއް ރާއްޖޭގައި ގާއިމު ކުރަނީ!

އެމްއައިއެފްސީ އިފްތިތާހުކުރުމަށް މިރޭ ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓަރު ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފި އެވެ.

ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި ހަފްލާއެއްގައި ވަނީ ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްއިން 8.8 ބިލިއަން ޑޮލަރުގެ ޖޮއިންޓް ވެންޗާރ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. އަދި ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ޗެއާމަން މަރުވާން އަލްހާޖެރީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ މިއަދު އިފްތިތާހު ކުރި މި މަޝްރޫއުއަކީ ދިވެހި އިގްތިސާދަށާއި ދިވެހި ދައުލަތުގެ މިނިވަންކަމަށް ވެސް ހާއްސަ މަޝްރޫއުއެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވާ އެއް ދާއިރާއަކީ، ފަތުރުވެރިކަންކަމަށްވުމާއި އެކު މިނިސްޓަރ ވަނީ މި ސިނާއަތް ކުރިއަރުވައި ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ބައެއް މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ.

މި ފްރީ ޒޯންގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނާއި ވިޔަފާރީގެ ފުރިހަމަ ތަސައްވުރެއް ގެންގުޅޭ ފަރާތްތަކަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ލިބޭކަން ކަށަވަރު ކުރެވޭނެ އެވެ.

މިއީ ވަރަށް މުހިންމު މަޝްރޫޢެއް. މިއީ އަޅުގަނޑުމެންގެ އަމާޒުތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ އިތުރުން އިޤްތިޞާދު ތަނަވަސްކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް. މީގެ ސަބަބުން ދުނިޔޭގެ އެންމެ ރަނގަޅު ވިޔަފާރިތަކާއި އައު ޚިޔާލުތައް ގެންގުޅޭ ވިޔަފާރިވެރިން މި ތަނަށް އަންނާނެ،

އެމް.އައި.އެފް.ސީ.ގައި މޫސުމަށް އަންނަ ބަދަލުތަކާ ރަހްމަތްތެރި، ދެމެހެއްޓެނިވި ވަސީލަތްތަކެއް ހުންނާނެއެވެ. އިމާރާތްތަކާއި އާންމު ތަންތަނަށް ހަކަތަ ފޯރުކޮށްދެވޭނީ އިއާދަކުރަނިވި ހަކަތައިންނެވެ. އެއާއެކު، ހިނގާ މީހުންނަށް ފަސޭހަވާނެ، ހުޅުވިފައިވާ މާޙައުލެއް ދެމެހެއްޓުމަށްޓަކައި ހުރިހާ ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ވަސީލަތްތައް ހުންނާނީ ބިމުގެ އަޑީގައެވެ.

މީގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތަކާއި، ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތަކާއި، ފުޅާ ދާއިރާއެއްގައި ގަސްގަހާގެހި އިންދާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ހިޔާލިބޭ މަގުތައްވެސް ހުންނާނެއެވެ. އެންމެ ޒަމާނީ އޮފީސް ޖާގަތަކާއެކު، އެމް.އައި.އެފް.ސީ.ގައި ފާހަގަކޮށްލެވޭ ފިހާރަތަކާއި، މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކާއި، ޘަޤާފީ ތަންތަން ވެސް ހުންނާނެއެވެ.

ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ތަރައްޤީގެ މި މަޝްރޫޢު ފަރުމާކޮށްފައިވަނީ މާސްޓަރ ޕްލޭނަރ އާކިޓެކްޓް ޖިއާނީ ރަނާއުލޯއެވެ. މުޅި މާސްޓަރ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ. މި މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: