ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް ބޮޑު ފެސްޓިވަލެއް ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް ބޮޑު ފެސްޓިވަލެއް ބާއްވަން ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ނިންމައިފިއެވެ.

ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި އެޗްޑީސީގެ ފަރާތުން ޕީއާރުގެ އެސިސްޓަންޓް މެނޭޖަރ މުހައްމަދު ސިރާޖް އަދި މާކެޓިންގ ގެ އެސިސްޓަންޓް ޑިރެކްޓަރ މަލްޝާ ޝަރީފް ވިދާޅުވީ މި ފެސްޓިވަލް ފެށުމަށް ރާވައިފައިވަނީ ކުޑަކުދިންގެ ދުވަހު ކަމަށެވެ. އެޗްޑީސީން ވަނީ މުޅި ހަފްތާ އެއްކޮށް އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި މެއި 10 ގައި ފެމިލީ ކާނިވަލަކުން ވަނީ ފެސްޓިވަލް ފެށުމަށް ހަމަޖެހިފައެވެ.

އެޗްޑީސީން ރާވައިފައިވާ އެކި ހަރާތްކާތްތަކުގެ ތެރޭގައި ބޮޑެތި އިނާމްތަކާއިއެކު ވަނީ މުބާރާތްތަކެއްވެސް ބާއްވަން ނިންމާފައެވެ.

މުޅި ހަފްތާގައިކުރިއަށް ގެންދާ އިވެންޓުތައް:

  • ފެމިލީ ކާނިވަލް ( ހުޅުމާލެ ފޭސް 2، ހިޔާ ޕާކު ސަރަހައްދުގައި)
  • މައި ހުޅުމާލެ މަސްރޭސް
  • މައި ހުޅުމާލެ ސައިކްލިންގ ޗެމްޕިއަންޝިޕް
  • މައި ހުޅުމާލެ ޑިސްކައުންޓް ވީކް
  • ޕޮޓޯގްރަޕީޗެލެންޖު
  • ބީޗް ފެސްޓިވަލް

އެޗްޑީސީން ބުނެފައި ވަނީ މިހުރިހާ މުބާރާތްތަކެއްގައިވެސް ބައިވެރިވުމަށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި ހަމައެއާއިއެކު މި މުބާރާތްތަކުގެ މައުލޫމާތު އެޗްޑީސީގެ މީޑިއާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: