ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިނޭންޝިއަލް ސެންޓަރު ޤާއިމުވެގެން ދިއުމާއެކު ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ: ފިނޭންސް

މީރާ އާއި ފިނޭންސް މިނިސްޓްރީ ހިންގާ އޮފީސް؛-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބައިނަލްއަޤްވާމީ ފައިނޭންޝިއަލް ސެންޓަރެއް ޤާއުމުކުރެވިގެން ދިއުމާއެކު ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބިގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، މި ސެންޓަރު ޤާއިމު ކުރެވިގެން ދިއުމާއެކު ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ އަށް އަދި ވަކިން ޚާއްސަކޮށް ރާއްޖޭގެ އިޤްތިސާދަށް އެދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އެގޮއެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން އުފައްދާ 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ ވެގެންދާނީ ރާއްޖެއަށް ވަޒީފާގެ އެތައް ފުރުސަތުތަކެއް ހުޅުވިގެންދާނެ ވަރަށް އުއްމީދީ އިންވެސްޓްމަންޓަކަށެވެ.

ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމް.އައި.އެފް.ސީ) އުފެއްދުމަށް ނިންމައި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ މާލޭގައި ޤާއިމުކުރެވޭ، މުޅިން ދެމެހެއްޓެނިވި، މާލީ ސަރަޙައްދެކެވެ. މި ސަރަޙައްދު ފަރުމާކުރެވިފައިވަނީ ދުނިޔޭގެ މާލީ މުއައްސަސާތަކާއި، ފިންޓެކް ދާއިރާގެ އައު އީޖާދުތައް ހޯދާ ފަރާތްތަކާއި، ޑިޖިޓަލް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށޭނަ ގޮތަކަށެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މުސްތަޤުބަލުގެ މާލީ ދާއިރާ ޤާއިމްކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަޙައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެންމެ އިސް ވިޔަފާރި އަދި މާލީ މަރުކަޒުގެ ގޮތުގައި މާލެ ޤާއިމުކުރެވިގެންދާނެއެވެ.

2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރޭވިފައިވާ މި މަޝްރޫޢަށް ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ފަސޭހައިން ވާޞިލުވެވޭނެއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ 4 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ.) ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމެވެ. އެއާއެކު، 5 ވަނަ އަހަރާ ހަމައަށް 1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވެއެވެ.

ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ތަރައްޤީގެ މި މަޝްރޫޢު ފަރުމާކޮށްފައިވަނީ މާސްޓަރ ޕްލޭނަރ އާކިޓެކްޓް ޖިއާނީ ރަނާއުލޯއެވެ. މުޅި މާސްޓަރ ޕްލޭނުން ފެށިގެން ވަކިވަކި ޢިމާރާތްތަކާ ހަމައަށް ކޮންމެ ސްޓްރަކްޗަރެއްވެސް ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ދިރޭތަކެއްޗާއި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ބިނާކޮށެވެ. ރަނާއުލޯ އޭނާގެ ހުރިހާ މަޝްރޫޢުތަކެއްގައިވެސް ތިމާވެއްޓާ ރައްޓެހި އުސޫލުތައް ހިމަނައެވެ. މި ތަރައްޤީގެ މަޝްރޫޢުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރެވެ. މި ސަރަޙައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: