ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި ގުޅިގެން ދޫކުރާ ދަނޑުވެރިނަފާ ލޯނުގެތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށްކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ބުނެފިއެވެ.
އެސްޑީއެފްސީއިން މައުލޫމާތު ދީފައިވާ ގޮތުގައި ދަނޑުވެރި ނަފާ ލޯނަށް 2019 އިން ފެށިގެން ހުޅުވާލާފައިވާއިރު، މިހާތަނަށް ލޯނު ނަގާފައިވާ ގިނަ ފަރާތްތަކުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށްކަމަށެވެ.
މިހާތަނަށް އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނު ޖުމްލަ 18 ފާރާތަކުން ވަނީ ނަގާފަ. އެގޮތުން 1.4 މިލިއަން ވަނީ ދޫކޮށްފަ. އަދި 2 މިލިޔަނާއި ހަމައަށް 23 ފަރާތަކުން ނަގާފައިވާއިރު އެފަރާތަކަށް 14.5 މިލިއަން ވަނީ ދޫކޮށްފަ.
އެންމެ ގިނަ މީހުން ލޯނު ނަގާފައިވަނީ 2 މިލިއަނާއި ހަމައަށްކަމަށްވާއިރު، ފާހަގަކުރެވެނީ ޒަމާނީ ދަނޑުވެރިކަމަށް ލޯނު ނަގާފައިވާކަންކަމަށް އެސްޑީއެފްސީއިން ބުންޏެވެ. އެގޮތުން ވާރޓިކަލް ފާރމިންގ، އަދި ގުރީން ހައުސް ފާރމިން. އަށް ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާކަން ފާހަގަކޮށްފައިވެއެވެ.
އެސްޑިއެފްސީއިން ބުނީ ޒަމާނީ ދަނދުވެރިކަމަށް ދަނޑުވެރިންގެ ފޯކަސް ހުރި ނަމަވެސް ޕޮއެލްޓްރީ ފަރމިންގ ނުވަތަ ކުކުޅު ފާމިންގ ފަދަ ކަންކަމަށް ސަމާލުކަން ދޭ މިންވަރު ކުޑަކަމަށެވެ.
ދަނޑުވެރިނަފާ ލޯނުގައި 2 ކެޓެގްރީއެއް ވަނީ ހިމަނާފައެވެ. އެއީ އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނަކާއި އެއްލައްކައިން ފެށިގެން 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނެވެ. މިއިން ކޮންމެ ލޯނަކަށްވެސް އަހަރަކު ނަގާނީ 6 އިންސައްތައިގެ އިންޓަރެސްޓެވެ. އެހެން ނަމަވެސް އެއްލައްކަ ރުފިޔާއާއި ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައިވަނީ 3 އަހަރެވެ. އަދި 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން 7 އަހަރެވެ.

