ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ހަފްތާގައި ޖަލްސާތައް ކުރުކުރީ، އަންނަ ބުރާސްފަތި ދުވަހު މަޖިލިސް ޗުއްޓީއަށް ދާތީ ކޮމިޓީ މަސައްކަތް ނިންމަން: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ނިންމައި ޗުއްޓީއަށް ދާތީ ކޮމިޓީތަކުގެ މަސައްކަތްތައް ތަރުތީބު ކުރެވިގެން ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދުނުގެ ސެޝަންއަށް ފަހު ނިންމަވާލައްވަމުން، އަބްދުއްރަހީމް ވިދާޅުވީ ކޮމިޓީތަކަށް ވަގުތު ދޭން ބޭނުންވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި ހަފްތާގެ ދެ ޖަލްސާ ވެސް ކުރުކޮށްލައި، ނިންމާލީ މި މަހު މަޖިލިސް ޗުއްޓީއަށް ދާތީ ކޮމިޓީ މަސައްކަތްތައް އަވަހަށް ނިންމާލުމުގެ ގޮތުންނެވެ. އަދި ކޮމިޓީ މަސައްކަތްތައް ތަރުތީބު ކުރެވިގެން ވީހާވެސް އަހަކަށް ނިންމައި ތަޅުމަށް ހުށަހަޅައި ފާސްކުރުން އަވަސް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރުކޮށްލައި، ނިންމާލީ ކޮމިޓީ މަސައްކަތްތަކަށް ޖާގަ ދިނުމުގެ ގޮތުންކަމަށް އަބްދުއްރަހީމް ވިދާޅުވިއިރު ރޯދަ މަހަށް ފަހު އަދިވެސް މަޖިލީހުގެ ޖަލްސާތަކުގެ ފުލް ސެޝަންތަކާއި ހަމައަށް ކުރިޔަށް ގެންދެވިފައި ނުވެއެވެ. އަދި ބައެއް ހަފްތާތަކުގައި ދެ ޖަލްސާ ވެސް ކެންސަލްވެ އެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވާއިރު، މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތްތަކެއް ގިނަ ހަފްތާތަކުގައި ނޯވެ އެވެ.

އާންމު ގޮތެއްގައި ދައުރު ނިމުމާއި ގާތްވުމާއި އެކު މަޖިލީހުގައި މަސައްކަތް ކުރާ ވަގުތުތައް ގިނަވެ، ކޮމިޓީތަކުގެ މަސައްކަތްތައް ވެސް އިތުރު ކުރެ އެވެ. އަދި ނުނިމި ހުރި ބިލުތަކާއި އިސްލާހުތަކުގެ މަސައްކަތް އަވަސް އަރުވާލައި ނިންމާފައި އެބަހުއްޓެވެ.

މިވަގުތު މަޖިލީހުގެ ކޮމިޓީގައި އޮތް އެއް މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރުމާއި ގުޅޭ ރިޕޯޓެވެ. ހޯމަ ދުވަހު މައްސަލައިގައި ދެ ފަހަރެއްގެ މަތީން ބައްދަލުވުން ތާވަލު ކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެ ބައްދަލުވުމަށް ހާޒިރުވެ ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.

ކޮމިޓީން ނިންމަން ޖެހޭ ބިލެއްގެ ގޮތުގައި އޮތީ ޖެނެރޭޝަނަލް ބޭންއެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށް ދުންފަތް ކޮންޓްރޯލު ކުރުމާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހެވެ. މީގެއިތުރުން މާލިއްޔަތު ކޮމިޓީން ދަނީ ޑަބަލް ޕެންޝަނާއި ބެހޭ މައްސަލައާއި، ނުހައްގުން ހޯދާ ފައިސާ މެދުވެރިކޮށް އެ މީހަކަށް ލިބޭ މުދާތައް ނުވަތަ އެސެޓުތައް ނެގުމާއި ގުޅޭ މަސައްކަތް ނިންމައި ސަރުކާރުގެ ފަރާތުން ބިލު ފޮނުވުމުން ވީހާވެސް އަވަހަށް މަސައްކަތް ނިންމުން ހިމެނެ އެވެ.

މީގެއިތުރުން އަންނަ ހަފްތާގައި ފަނޑިޔާރުންނާއި ގުޅޭގޮތުން ގޮތެއް ނިންމައިފި ނަމަ، މަޖިލިސް ޗުއްޓީއަށް ދާނީ ދެ ފަނޑިޔާރުން އައްޔަނު ކުރުމަށްފަހުކަމަށް ބެލެވެ އެވެ. އަދި ފަނޑިޔާރުންގެ ބެންޗު ކުޑަކުރުމަށް ނިންމި ނިންމުން ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި ފޮނުވާލި އިސްލާހަށް ގޮތެއް ނިންމަފާނެކަމަށް ނުބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: