ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނު ވެއްޓުނު ހާދިސާގައި ރައުދު ނޫން އިތުރު ބައެއްވެސް ހިމެނޭ: އާއިލާ

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި ޒުވާނުން ކުރި މުޒާހަރާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ހިނގި ވަގުތު ހ ފެންޓެނޯއީގައި ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު ހާޒިރުވެ ހުރިކަމުގެ މައުލޫމާތު އޭނާގެ ފަރާތުން ލިބިފައިވާކަމަށް އާއިލާއިން ބުނެފިއެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން ނެރުނު ޕްރެސް ވީޑިއޯއެއްގައި ބުނެފައިވާގޮތުން ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން އޭނާ ވެއްޓުނު ފަހުން 20 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް މުއައްސަސާއެއް ނުވަތަ ފުލުހުންގެ މުއައްސަސާއިންވެސް އެކަށީގެންވާ ގޮތަށް ތަހުގީގުތަކެއް ކޮށްފައިނުވާކަމަށް ބުންޏެވެ.

އާާއިލާއިން ބުނެފައިވާގޮތުން މިހާރު މީޑިއާތަކަށް މައުލޫމާތު ދޭން ނިންމާފައިވަނީ ޔުމްނުގެ ހާލަތު ރަނގަޅު ވެގެންދާން ފަށާފައި ވުމުން ޔުމްނުގެ ފަރާތުން ލިބިފައިވާ ބައެއް މައުލޫމާތުތައް ހިއްސާކުރުމުގެ ގޮތުންކަމަށެވެ. އެގޮތުން ފެންޓެނޯއީއަކީ އެ ދުވަހު އެކަނި އޭނާ ވަތް ގެއެއްކަމުގެ އިތުރުން ކެމެރާއެއްވެސް ނުހުންނަކަމަށް ފުލުހުން ބުނެފައިވާއިރު އެ ވާހަކަތައް ދޮގުކޮށް އެގެއަށް މީގެ ކުރިންވެސް ގޮސްފައިވާ ވާހަކަ ޔުމްނު ބުނެފައިވާކަމަށް މައުލޫމާތު ދީފައިވެއެވެ.

އާއިލާއިން ބުނެފައިވާގޮތުން ޔުމްނު އެގެއަށް ގޮސްފައިވަނީ އެ މައްސަލައިގައި ފޮޓޯ އާންމުކޮށްފައިވާ ޔޫސުފް ޔައްސާރުގެ ދައުވަތަކަށެވެ. އެގޮތުން ފެންޓެނޯއީ ހުންނަތަނާއި އިތުރު ގެއަކަށްވެސް ގޮސްފައިވަނީ އޭނާގެ ދައުވަތަށްކަމަށް ބުނެފައިވާކަމަށް ފާހަގަކުރިއެވެ. އަދި އެގޭ ފުރާޅުން ވެއްޓުނު ހާދިސާއަކީ އަމިއްލައަށް ކުރި ކަމެއްގެ ސަބަބުން ދިމާވި ކަމެއް ނޫންކަމަށް ޔުމްނު ބުނެފައިވާކަމަށާއި ހާދިސާ ހިނގިތަނުގައި ޔައްސާރުގެ އިތުރުންވެސް ހަތަރު މީހަކު ހިމެނޭކަމަށް ބުނެފައިވާކަމަށް ހިއްސާކުރިއެވެ.

މި މައްސަލައިގައި އިންސާފު ލިބިގެންދާނެތޯ ޔުމްނު ސުވާލު ކޮށްފައިވާކަމަށް އާއިލާއިން މީޑިއާތަކަށް ހިއްސާކުރިއެވެ. އަދި ހާދިސާ ދިމާވީ އަމިއްލައަށް ކުރި ކަމެއްގެ ސަބަބުން ނޫންކަމަަށާއި އެކަން ދިމާވީ ބަޔަކު މީހުން ކުރިކަމެއްގެ ސަބަބުންކަމަށް ޔުމްނު ބުނެފައިވާކަމަށް މީޑިއާތަކަށް މައުލޫމާތު ދިން އޭނާގެ ދައްތަ ވަނީ ބުނެފަ އެވެ. މިވާހަކަތައް ދެއްކުމުން އާއިލާއަށްވެސް ނޭދެވޭ އަސަރުތައް ކުރުމުގެ ފުރުސަތު އޮތްނަމަވެސް އިންސާފު ހޯދަން އެދޭކަމަށްވުމުން މައުލޫމާތު ހާމަކުރަން މަޖުބޫރުވެގެންދާކަމަށް ފާހަގަކުރިއެވެ. އާއިލާއިން ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޝަނުން އާއިލާއާއި އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ ސަބަބާއިމެދުވެސް ސުވާލު އުފައްދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: