ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ނޫން އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 32.3 އިންސައްތައިގެ ކުރިއެރުމެއް

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވާ ޓެކްސް-ނޫން އާމްދަނީ، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 32.3 އިންސައްތައިން އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.

ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން، ޓެކްސް ނޫން އާމްދަނީގެ 20.1 އިންސައްތަ ޙިއްސާކުރަނީ ރިސޯޓް ބިމުކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

މާލީ ވުޒާރާއިން ހާމަކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން، މި މުއްދަތުގައި ޓެކްސްގެ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާއަށް އައި ކުރިއެރުމާއި، ޓެކްސް ރޭޓްތަކަށް ސަރުކާރުން ގެނައި ބަދަލުތަކާއެކު، އެ ސިނާޢަތާ ގުޅުންހުރި ޓެކުހުގެ ބާވަތްތަކުން ދައުލަތަށް ލިބޭ އާމްދަނީ މިވަނީ އިތުރުވެފައެވެ.

އެގޮތުން:

• ގްރީން ޓެކުހުގެ އާމްދަނީ 73.7 އިންސައްތައިން އިތުރުވެފައިވޭ

• ޑިޕާޗަރ ޓެކުހުގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި ލިބިފައިވާ އާމްދަނީ ވަނީ 31.9 އިންސައްތައިން އިތުރުވެފައި

• ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ވަނީ 5.3 އިންސައްތައިން އިތުރުވެފައި

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާއެކު، 01 މެއި 2025 ގެ ނިޔަލަށް ދައުލަތް ހިންގުމުގެ ޚަރަދު 8.6 އިންސައްތައިން އަދި ދަތުރުފަތުރުގެ ޚަރަދު 21.8 އިންސައްތައިން ދަށްވެ، ޖުމުލަ ރިކަރަންޓް ޚަރަދު 3.3 އިންސައްތައިން ވަނީ ދަށްވެފައެވެ.

މިއަހަރުގެ މި މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 13.5 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 12.0 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 2.1 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައި ހުރި އޯވަރޯލް ބެލެންސް އަރަނިވެފައި ހުރި 17 ވަނަ ހަފްތާއެވެ.

2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން، 01 މެއި 2025 ގެ ނިޔަލަށް ހިނގާފައިވަނީ 24.3 އިންސައްތައެވެ.

ސަރުކާރުގެ ފިސްކަލް ޕޮލިސީ ހަރުދަނާކުރުމަށް އެކުލަވައިލައިފައިވާ ސިޔާސަތުތައް މިއަހަރުގެ ތެރޭގައި ތަންފީޒުކުރަން ފަށައިފައިވުމާއެކު، ދައުލަތުގެ ޖުމުލަ ޚަރަދު، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ 21.3 އިންސައްތައިން ދަށްވެފައެވެ.

އެގޮތުން، ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި:

• ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތައް އަލުން ރިވިއުކޮށް، ނަތީޖާނެރެވޭނެ ޕްރޮގްރާމްތަކަށް އިސްކަންދިނުމުގެ ސިޔާސަތާއެކު، ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ޚަރަދު، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 75.8 އިންސައްތައިން ވަނީ ދަށްވެފައި

• ޚަރަދު ކުޑަކުރުމަށް ކުރެވޭ އެހެނިހެން މަސައްކަތްތަކާއެކު، ދަތުރުފަތުރުގެ ޚަރަދު 21.8 އިންސައްތައިން ދަށަށް ގޮސް، ހިންގުމުގެ ޚަރަދު 8.6 އިންސައްތައިން ދަށްވެ، ޖުމުލަ ރިކަރަންޓް ޚަރަދު ވަނީ 3.3 އިންސައްތައިން ދަށްވެފައި

• އެހެންނަމަވެސް، ޕޭ-ހާމަނައިޒޭޝަންގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއެކު މުވައްޒަފުންނަށް ކުރާ ހޭދަ އިތުރުވެފައިވުމުގެ ސަބަބުން، އެ ޚަރަދު ވަނީ، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 7.5 އިންސައްތައިން އިތުރުވެފައި

މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 13.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: