ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ބޮޑެތި ނިންމެވުންތައް ނިންމަވައިފި، ވާނުވާ މައްސަލައިގައިވެސް އުއްމީދަކީ އެއީ: ޔޫތްފޯޔުނިޓީ

ވާނުވާ މައްސަލައިގައި އަޑުއުފުލަމުންދާ ފަރާތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުޙައްމަދު މުއިއްޒަށް ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅިގެން ނިންމެވުންތައް ނިންމަވަން ކެރިވަޑައިގެންނެވި ކަމަށާއި، އުއްމީދަކީ ވާނުވާ މައްސަލައިގައިވެސް އެފަދަ ނިންމެވުންތަކެއް ނިންމެވުންކަމަށް އެކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ބުނެފިއެވެ.

ވާނުވާ ބަންދުގެ މައްސަލަ ޙައްލު ކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާއާއެކު ބައެއް ޖަމިއްޔާތަކުން ވަނީ ބައްދަލުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ސަންގުޓީވީގެ ”ތިލަފަތް“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މި ޙަރަކާތްތަކުގެ ބައިވެރިއެއްކަމަށްވާ މުޙައްމަދު އަނީސް ވިދާޅުވީ، މި މައްސަލަ ޙައްލު ކުރުމުގައި ރައީސް ޑރ މުޙައްމަދު މުއިއްޒުގެވެސް ހެޔޮ ނިޔަތެއް އޮތްކަން ފެންނަ ކަމަށާއި، ނަމަވެސް މިކަމުގައި އެކި މުއައްސަސާތަކުގެ ގޮންޖެހުން އޮތްކަމަށް ފެންނަމުންދާ ކަމަށެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސްގެ ނިޔަތްވެސް ރަނގަޅު، މިސާލަކަށް އަޅުގަނޑު ފާހަގަކޮށްލަން ޖެހޭ ޑޮލަރުގެ މައްސަލަ، ކަމާގުޅުންހުރި ފަރާތްތަކުން އެކަމަށް އެހާ އޯކޭނުވެ ހުއްޓައި ރައީސް ނިންމެވުން ނިންމީ، ސިނގިރެޓުގެ މައްސަލަވެސް، ހަމަ އެގޮތަށް، އަސްލަކީ ގިނަ ބަޔަކު ހަމަ ބޭނުންވެސް ނުވޭ، އަޅުގަނޑުމެން ގާތުގައިވެސް އެހެން ދިމާވާ މީހުން ވަރަށް ކޮމްޕްލެއިން ކުރޭ، އެކަމަކުވެސް ރައީސް ނެންގެވިއޭ ޑެސިޝަން، ހަމަ އެގޮތަށް އަޅުގަނޑުމެންގެ ރިކުއެސްޓަކީ ހަމަ އެ ޑެސިޝަން މިކަމުގައިވެސް ހަމަ ނަންގަވާށޭ

މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔޫތްފޯ ޔުނިޓީގެ ރައީސް އަހުމަދު ޝާހު ވިދާޅުވީ، މި މައްސަލަ ޙައްލުވާނެ ކަމުގެ ބޮޑު އުއްމީދެއް އެބައޮތް ކަމަށާއި، މި މައްސަލަ ޙައްލު ވަންދެން އަނިޔާ ލިބޭ ފަރާތްތަކުގެ ވަކާލާތުގައި އަޑުއުފުލަމުންދާނެ ކަމަށެވެ.

ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން ޓެގު އެޅުވުމަށްފަހު ގޭބަންދަށް ބަދަލުކުރެވިދާނެ މީހުން ބެލުމަށް ޕީޖީ އޭޖީ އަދި ފުލުހުންނަށް އަންގަވާފައިވާކަމަށާއި ނަމަވެސް އޭގެ ތެރޭގައި ޖިންސީ އެއްވެސް ކުށެއްގެ ތުހުމަތުކުރެވޭ މީހުން ނުހިމެނޭނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އެކިކަހަލަ ތުހުމަތުތަކުގައި މީހުން ހައްޔަރުކޮށްފައި 300 ވަރަކަށް މީހުން ބަންދުގައި ތިބިކަމަށެވެ. އެގޮތުން ބަންދުގައި 6 ވަރަކަށް އަހަރު ވެފައިވާ މީހުންވެސް ތިބިކަމަށާއި އެގޮތުން ގޮސް އެކި މުއްދަތުތަކުގައި ބަންދުގައި ތިބުން ތަހައްމަލުކުރަމުންދާ މީހުން ތިބިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެގޮތުގެ މަތިން ތިބެންޖެހުމަކީ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. ނަމަވެސް މިއަދާއި ހިސާބަށް އައިއިރު އެކި ސަރުކާރުތަކުގެ ދައުރުގައިވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަމަށާއި އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ގެނެސްދިނުމަކީ މެނިފެސްޓޯގައިވެސް ހިމެނިފައިވާ ކަމެއް ކަމަށް މައުލޫމާތު ދެއްވިއެވެ.

ރައީސް ވިދާޅުވީ، ޝަރުއީ ނިޒާމުގެ އިސްލާހަށް މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނުއްވާފައިވާނެކަމަށާއި މިކަމުގައި ހައްލެ ގެނައުމަށް މަސައްކަތްކުރާއިރު ކްރިމިނަލް ކޯޓުގައި ޖާގައިގެ ދަތިކަންވެސް ހުރިކަމަށެވެ. އެހެންކަމުން ކްރިމަނަލް ކޯޓަށް 11 ކޯޓް ރޫމް ހިމެނޭ އިމާރާތެއް ރަނގަޅު ފެންވަރުގައި ބިނާކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށާއި އެތަނުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެތަން ނިމޭއިރު ކޯޓަށް ބޭނުންވާ އިދާރީ އެހީތެރިކަން ލިބިގެންދާކަން ކަށަވަރުކުރުމުގެ ގޮތުންވެސް ސަރުކާރުން މަސައްކަތްކުރާނެކަމަށެވެ.

ރައީސް ވިދާޅުވީ، އެކަން ހަމަޖެހެންދެންވެސް ކުރެވިދާނެ ކަންކަން ބެލުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި ޕީޖީ އަދި އޭޖީ އޮފީހާއި ގުޅިގެން އެ މަސައްކަތްތައް ކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ، ބަންދުގައި ތިބި މީހުންގެ ތެރޭގައި ޓެރަރިޒަމް އަދި މާރާމާރީއާއި ގޭންގު ކުށްތަކުގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންވެސް ތިބިކަމަށެވެ. ނަމަވެސް މޮނީޓަރ ކޮށްގެން ގޭބަންދަށް ދޫކޮށްލުމަށް ބަލާއިރުވެސް ޖިންސީ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ނުހިމެނޭކަމަށާއި ތިންބައި ކުޅަ އެއްބައި މީހުން ޓެގު އެޅުވޭނެތޯ ބެލުމަށް ފުލުހުންނާއި އޭޖީ އަދި ޕީޖީ އޮފިހާއި މަސައްކަތްތައް ހަވާލުކޮށްފައިވާނެކަމަށް ހިއްސާކުރެއްވިއެވެ. އަދި ކަފާލާތުގެ ނިޒާމުގެ ތެރެއިންވެސް މިފަދަ ފަރާތްތަކަށް ލުއިތަކެއް ގެނެސްދެވޭނެ އިންތިޒާމުތަކާއިމެދު މަޝްވަރާތައް ކުރެވެމުންދާކަން އެމަނިކުފާނުވަނީ މި ފުރުސަތުގައި ހާމަކުރައްވާފައެވެ.

އެހެންކަމުން ރައީސް ވަނީ ”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުން އިއްޔެ ހުށަހެޅުއްވި ކަންކަމާމެދު، ކަމާގުޅޭ ފަރާތްތަކާވެސް ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ”ވާނުވާ ބަންދު“ ގައި ތިބި ފަރާތްތަކަށް 1 ފުރުޞަތު ދިނުމުގައި، އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާން އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޢައްބާސް ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: