ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފާ ފެމިލީ ފެސްޓިވަލްއަށް ކުޑަކުދިންގެ އެކުވެރި ރޮބޮމޭން!

ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެޗްޑީސީއިން މިއަދު ހުޅުމާލެ ދެވަނި ފިޔަވަހީގައި ’އުފާ ފެމިލީފެސްޓިވަލް‘ ބާއްވަން ނިންމައިފިއެވެ.

މި ފެސްޓިވަލްގައި ކުޑަކުދިންގެ އެންމެ ގާތް އެކުވެރި ރޮބޮމޭން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ކުޑަކުދިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ރޮބޮމޭންއާއިއެކު މި އިވެންޓުގައި ބައިވެރިވާ ހުރިހާ ކުދިންނަށް އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މަޝްހޫރު ރޮބޮމޭންގެ އިތުރުން މި ހަވީރުގައި ކުޑަކުދިން ގަޔާވާކަހަލަ ގިނަ ކުޅިވަރާއި ހަރަކާތްތައް ވަނީ ތައްޔާރުކުރެވިފައެވެ. އެގޮތުން، ފޯމް ޕާޓީ، ބައުންސިން ކާސަލް، އޯބީޒް ޝޫޓިންފަދަ ކުޑަކުދިން ޝައުޤުވެރިވާނެފަދަ ގިނަ ގޭމުތަކެއް ހިމެނެއެވެ.

މި ހަވީރު ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4 އަން 6 އާ ހަމައަށެވެ. މީގެ އިތުރުން، މިރޭ 8 އިން 10 އާ ހަމައަށް ކުޑަކުދިންގެ ދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ އައުޓްޑޯ މޫވީ ނައިޓެއް ވެސް ހިޔާ ޕާކުގައި ބޭއްވުމަށް ވެސް ވަނީހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: